02 އޮކްޓޯބަރ 2022
މަސްދަރު ހާމަނުކުރަން ނޫސްވެރިންނަށް މަޖުބޫރުވާ ގޮތަށް ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިދިޔަ ބުރާސްފަތިދުވަހު ފޮނުވައިފި އެވެ.
މަސްދަރު ހާމަނުކުރަން ނޫސްވެރިންނަށް މަޖުބޫރުވާ ގޮތަށް ފާސްކުރި ހެއްކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިދިޔަ ބުރާސްފަތިދުވަހު ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރެއްވި ގާނޫނު އޮތީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮންނަ ގޮތަށެވެ.
މިއީ ނޫސްވެރިކަމާއި ނޫސްވެރިންނަށް ކުރިމަތިކުރުވި ބޮޑު ގޮންޖެހުމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ކަންބޮޑުވުން ފާޅުކުރުމުން ސަރުކާރުން ނިންމީ އެ ގާނޫނަށް އިސްލާހެއް ގެނައުމަށެވެ.
އޭޖީ އޮފީހުން ބުނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްާހުކުރަން ފޮނުވާފައިވާ ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުން ކަމަށް އެ އޮފީހުން ބުންޏެވެ.
- ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަކޮށްދިނުން.
- ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕްރޮސިކިއުޓަ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުން.
އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިސްލާހްތައް ހިމެނޭ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
ނޫސްވެރިން އެދުނު ބައެއް އިސްލާހުތައް ގާނޫނަށް ގެންނަން ސަރުކާރުން އެއްބަސްވެފައި ވިޔަސް ގައުމީ ސަލާމަތުގެ ލަފްޒު ހިމަނައިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
އެމްޖޭއޭ އިން ބުނީ ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތުމުން، ގައުމީ ސަލާމަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން ގައުމީ ސަލާމަތް ހިމަނައިގެން ގާނޫނު އިސްލާހު ކުރަން އެ ޖަމިއްޔާ އިން ދެކޮޅު ކަމަށް އޭޖީ އޮފީހުގައި ބުނެފައިވެ އެވެ.
މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާއަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށް ވެސް އެމްޖޭއޭ އިން އެދިފައިވެ އެވެ.
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން
ބިލާ މެދު ރައީސް ވިސްނަވަން ގޮވާލައިފި
ނޫސްވެރިކަމަށް ހުރަސްއެޅޭ ބިލް ހޯމަދުވަހު ފާސްކުރަނީ
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
"ގާނޫނާ ހެދި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިއްޖެ"
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
"ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާކަށް ނުޖެހޭ"