Roadha Mihaaru
ޔޯގާ ހަމަނުޖެހުން: 18 މީހަކަށް ދައުވާކޮށްފި

ޔޯގާ ހަމަނުޖެހުން: 18 މީހަކަށް ދައުވާކޮށްފި؛ ފަޒްލޫނާއި ނިޝާނާއި މުހައްމަދަށް ޓެރަރިޒަމްގެ ދައުވާ

03 އޮކްޓޯބަރ 2022

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް 18 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް 18 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

މިދިޔަ މެއި މަހު ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.

ޝެއިހު ނިޝާން (ކ) އަދި ފަޒްލޫން

ޝެއިހު ނިޝާން (ކ) އަދި ފަޒްލޫން

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާއާ އެކު އިތުރު ހަ މީހަކަށް ކުރެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއެއް އިތުރު ހަ މީހެއްގެ މައްޗަށް ކުރެ އެވެ.

ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް

ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް

މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް 15 މީހަކަށް ކުރާއިރު، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެެއް އެކަކުގެ މައްޗަށް އަދި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެއް ތިން މީހެއްގެ މައްޗަށް ކުރެ އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާލިބޭ މީހުން

- ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް

- ގ. ފީނިކްސް، އަބްދުﷲ ނިޔާޒް

- ތ. ތިމަރަފުށީ އަލީއާބާދު، އަލީ މުހައްމަދު

- ނ. ވެލިދޫ މިލާނޯ، އިބްރާހިމް ޒިހާން

- ލ. މުންޑޫ އަންނާރުމާގޭ، މުހައްމަދު ޝާން

- ހދ. ކުޅުދުއްފުށީ ބާބޫގޭ ހުސައިން އަލީ

- މ. ފަޅުމަތީގޭ އަހުމަދު އަލީ

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާލިބޭ މީހުން

- މއ. ކަނުހުރާ، މުހައްމަދު ޒިލިއަން

- ތ. ތިމަރަފުށީ ނަރުގިސްވިލާ، އަބްދުﷲ ރިފާއު

-. ނ. މިލަދޫ ކާނޭޝަންމާގޭ އަބޫބަކުރު ފާރިއު

- ރ. ކަނދޮޅުދޫ އަލަމާގޭ އަހުމަދު އަކްސަމް

- ގއ. މާމެންދޫ އަސްރަފީވިލާ އަހުމަދު ނަސޫހް

- މ. ކުދެހިގޭ ހަސަން ޝިފާޒް

- ފ. ދަރަނބޫދޫ އާބާދީގުލްޝަން ޝަބިމް އާދަމް

އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރު ކުރިޔަސް، އެ އެންމެންހެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަނީ ސަސްޕެންޑްކޮށްފަ އެވެ.