Roadha Mihaaru
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ

އެމްބިއުލާންސްތަކެއް ގަތުމުގެ މައްސަލާގައި ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކޮށްފި

08 ޖުލައި 2024

ހެލްތު މިނިސްޓްރީން އިއުލާން ކޮށްގެން ރާއްޖެއަށް އެމްބިއުލާންސްތަކެއް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންގެތަކެއް މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން އިއުލާން ކޮށްގެން ރާއްޖެއަށް އެމްބިއުލާންސްތަކެއް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނެ ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންގެތަކެއް މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

ދައުވާކުރީ ފެބްރުއަރީ 2019 ގައި ހަތަރު އެމްބިއުލާންސް ހޯދުމަށް އިއުލާން ކުރުމަށް ފަހު، އިއުލާނުގައިވާ މައުލޫމާތާ ހިލާފަށް އެމްބިއުލާންސް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްފައިވާތީ ކަމަށް ބުނެ އެވެ. އެއީ ޑީސަލް އަޅައިގެން ދުއްވާ ހަތަރު އެމްބިއުލާންސެއް ހޯދަން އިއުލާން ކުރުމަށް ފަހު، އަމިއްލަ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ކުރިއިރު، ޕެޓްރޯލް އަޅާ ބާވަތުގެ އެމްބިއުލާންސް ގެނައުމަށް ހަވާލު ކޮށްފައިވާތީ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި އެ މިނިސްޓްރީގެ ބިޑް ކޮމެޓީގެ އޭރުގެ މެމްބަރު އަހުމަދު ނާސިރުގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އަހުމަދު އަސްލަމާއި ޝިނާ އަހުމަދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

އެ މައްސަލަ ދައުލަތުން ކޯޓަށް ފޮނުވީ މިދިޔަ މާޗް މަހު އެވެ.

ހެލްތް މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު، ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލުކުރި މައްސަލާގައި ވެސް އެ މިނިސްޓްރީގެ ބިޑް ކޮމެޓީގެ އޭރުގެ މެމްބަރުންތަކަކާއި އޭރުގެ ހެލްތު މިނިސްޓަރު އަބްދުالله އަމީންގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުނެވެ. ނަމަވެސް އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.