Roadha Mihaaru
"ޑިސްކަވާ ހޮސްޕިޓާލިޓީ"ގެ ބެޗު 4 ތައާރަފުކޮށްފި

ޔުނިވާސަލް ފައުންޑޭޝަންގެ "ޑިސްކަވާ ހޮސްޕިޓާލިޓީ"ގެ ބެޗު 4 ތައާރަފުކޮށްފި

09 އޮކްޓޯބަރ 2022

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދިޔަ "ޑިސްކަވަ ހޮސްޕިޓާލިޓީ" ޕްރޮގުރާމްގެ ދަރިވަރުންނަށް އިންޓާންޝިޕްދީ އެކަމުގެ ސެޓުފިކެޓު ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދިޔަ "ޑިސްކަވަ ހޮސްޕިޓާލިޓީ" ޕްރޮގުރާމްގެ ދަރިވަރުންނަށް އިންޓާންޝިޕްދީ އެކަމުގެ ސެޓުފިކެޓު ހަވާލުކޮށްފި އެވެ.

އިންޓާންޝިޕްގެ ސެޓުފިކެޓް ދަރިވަރުންނާ ހަވާލުކޮށްފައިވަނީ، ޕްރޮގްރާމްގެ ތައުލީމީ ބައިގެ ނިމުން ފާހަގަކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޝަރަފްވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ޔުނިވާސަލް އާއި ވިލާ ކޮލެޖުގެ އިސްވެރިންނާއި ޑިސްކަވާ ހޮސްޕިޓާލިޓީގެ ދަރިވަރުން ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި ސެޓުފިކެޓް ހަވާލުކުރީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި އައި މެދުކެނޑުމަށް ފަހު، ކުރިއަށް ގެންދިޔަ ޕްރޮގުރާމުގެ ދަރިވަރުންނަށެވެ. އެއީ އެ ޕްރޮގުރާމުގެ ހަތަރުު ވަނަ ބެޗުގެ 40 ދަރިވަރުންނެވެ. އެ ދަރިވަރުން ވަނީ ޕްރޮގުރާމުގެ ތައުލީމީ ބައި ވިލާ ކޮލެޖުން ނިންމައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ، ޑރ. އަލީ ނަޖީބު ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ، ޑރ. އަލީ ނަޖީބު ވާހަކަ ދައްކަވަނީ. ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ޔުނިވާސަލް ފައުންޑޭޝަނާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކާމިޔާބު ކަމަށެވެ. މި ޕްރޮގުރާމަށް ބޮޑު ޑިމާންޑެއް އޮންނަކަމަށާއި، ޕްރޮގުރާމަށް ހޮވަނީ އެޕްލައިކުރާ ފަރާތްތަކުގެ ތެރެއިން ކޮލިފިކޭޝަން ހަމަވާ ދަރިވަރުންކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕްރޮގުރާމު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓު ވަޒީފާއަދާކުރަމުން އަންނާތީ ޕްރޮގުރާމުގެ ކާމިޔާބީ އިތުރަށް ހާމަވާ ކަމަށެވެ.

ޔުނިވާސަލް ގުރޫޕުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

ޔުނިވާސަލް ގުރޫޕުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު

ޔުނިވާސަލް ގުރޫޕުގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ ތައުލީމީ ބަޔަކު ބިނާކުރުމަކީ ޔުނިވާސަލް ފައުންޑޭޝަނުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. ރާއްޖޭގެ ގިނަ ޑޮކްޓަރުންތަކެއް އެ ފައުންޑޭޝަނުން ތަމްރީނު ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިހާރު ޓޫރިޒަމްގެ ދާއިރާއިން ގިނަ ބަޔަކަށް ތަމްރީނު ދެމުން އަންނަކަން ފާހަގަ ކުރައްވައި، އެ ދާއިރާގައި ދިވެހި ހިދުމަތްތެރިން ތިބުން މުހިންމު ކަމަށް ވިދާޅުވި އެވެ.

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ގުޅިގެން "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގުރާމު ފެށީ 2017 ވަނަ އަހަރު އެވެ. ހޮސްޕިޓާލިޓީ ދާއިރާގެ ސެޓްފިކެޓު 3ގެ މި ޕްރޮގްރާމްގައި ފެށީ 15 ބައިވެރިންނާ އެކު އެވެ. ދެހާސް އަށާރަ ވަނަ އަހަރު އެ ޕްރޮގުރާމުގައި 23 ދަރިވަރުން އަދި 2019 އަހަރު 28 ދަރިވަރުން ބައިވެރިވި އެވެ.