Roadha Mihaaru
ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަން 241 މިލިއަން ރުފިޔާ

ހުޅުމާލެ 2 ގައި އިތުރު ސްކޫލެއް އިމާރާތްކުރަން 241 މިލިއަން ރުފިޔާ

10 އޮކްޓޯބަރ 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތްކުރަން 241.5 މިލިއަން ރުފިޔާ އަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ. މިއީ، އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ ފަސް ވަނަ ސްކޫލެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތްކުރަން 241.5 މިލިއަން ރުފިޔާ އަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ. މިއީ، އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ ފަސް ވަނަ ސްކޫލެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެ ސްކޫލު އިމާރާތް ކުރަން ހަވާލުކުރީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޑްވާޑް އެންޑް ކްރިސްޓީ ނަމަކަށް ކިޔާ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އަކާ އެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ހައިޝަމެވެ.

ދެ ވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އެޅުމުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދެ ވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އެޅުމުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ އެ ސްކޫލުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭނެ ކަމަށެވެ.

އެ ތަނުގައި ހުންނާނީ:

- 54 ކްލާސްރޫމް

- މަލްޓި ޕާޕަސް ހޯލް

- ހަތަރު ލިފްޓް

އާ ސްކޫލު އިމާރާތްކުރަން ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިނިސްޓަރު ވިދާޅުވީ އެ ތަނުގައި އޮގަސްޓް، 2024 ގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ސަލާހުއްދީން ސްކޫލުގެ އިމާރާތް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހު އަދި އިތުރު ސްކޫލެއް އަންނަ އަހަރުގެ އޮގަސްޓް މަހު ހުޅުވާނެ އެވެ. ކާމިލް ދީދީ ޕްރައިމަރީ ސްކޫލު މިދިޔަ އޮގަސްޓް މަހު ހުޅުވިއިރު، އެ ތަނާ ޖެހިގެން ހަދަމުން އަންނަ ޖަމީލް ދީދީ ޕްރީ ސްކޫލު މި މަހުގެ 31 ގައި ހުޅުވާނެ އެވެ.