މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލައި، ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
11 އޮކްޓޯބަރ 2022
މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލައި، ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި އެ މައްސަލައިގައި ބުނީ، މަސްވެރިންގެ ހައްގުގައި އިދިކޮޅު ޕާޓީތަކުން އަޑު އުފުލުމުން، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅުން ކަމަށެވެ.
ފުލުހުން އެ ގޮތަށް އަމަލުކުރީ އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތަކަށް ވާތީ، ސީދާ ސަރުކާރުން އަންގައިގެން ކަމަށް ވެސް ކުއްލި މައްސަލައިގައި ވެ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، އަންހެނުންގެ ކަރާމާތަށް އަރައިގަތް މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަން ކުއްލި މައްސަލައިގައި ގޮވައިލި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ބަހުސް ކުރުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅުގެ އަށް މެމްބަރެކެވެ. ނުފެންނަ ކަމަށް 23 މެމްބަރަކު ވޯޓު ދެއްވި އެވެ. އެ އާއެކު މައްސަލަ ބޭރު ވެއްޖެ ކަމަށް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.
ހުސައިން މުހައްމަދު ލަތީފް އަނެއްކާ ވެސް ޕީޕީއެމަށް
ޕީޕީއެމްގެ ޕީޖީ ގުރޫޕާއެކު މަސައްކަތް ކުރުމުގެ ދައުވަތު
ޓެކްސް ބިލުގެ މައްސަލާގައި އިދިކޮޅުން މުޒާހަރާ އަށް
ޕީޕީއެމް މުޒާހަރާ: ބަންދުކުރި ނުވަ މީހަކު ދޫކޮށްލައިފި
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އައްޑު އަށް ވެސް "އިންޑިއާ އައުޓް"
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
ފަރުވާއަށް ފަހު ޕީޕީއެމްގެ ދެ މީހަކު ހައްޔަރުކޮށްފި
ޕީޕީއެމަށް އަނެއްކާވެސް 75،000ރ. ގެ ޖޫރިމަނާއެއް