Roadha Mihaaru

ޕީޕީއެމްގެ މުޒާހަރާއިން ހައްޔަރުކުރި ނުވަ މީހަކު ދޫކޮށްލައިފި

މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ބޭއްވި އިހުތިޖާޖުގައި ހައްޔަރު ކުރި 10 މީހުންގެ ތެެރެއިން ނުވަ މީހަކު ދޫކޮށްލައިފި އެވެ.

ޕީޕީއެމް މުޒާހަރާ: ބަންދުކުރި ނުވަ މީހަކު ދޫކޮށްލައިފި
އާލިމް އަބްދުއްލަތީފް
އާލިމް އަބްދުއްލަތީފް

11 އޮކްޓޯބަރ 2022

މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ބޭއްވި އިހުތިޖާޖުގައި ހައްޔަރު ކުރި 10 މީހުންގެ ތެެރެއިން ނުވަ މީހަކު ދޫކޮށްލައިފި އެވެ.

އެ ޕާޓީން ބުނީ މިއަދު ނުވަ މީހަކު ދޫކޮށްލި ނަމަވެސް ޔޫތު މެންބަރު އަލީ އިޒްހާންގެ ބަންދަށް ތިން ދުވަސް ޖަހައިފައިވާ ކަމަށެވެ.

ލޭނާރު" ގެ ނަމުގައި އިއްޔެ ހަވީރު މަސްމާރުކޭޓު ކުރިމަތީ ބޭއްވި އެ މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ނުފުއްދާ މަސްވެރިން ބާކީކޮށްލި ކަމުގެ ޝަކުވާ އެވެ. އަދި މަސްކިރޭނެ ގޮތެއް ނެތުމާއި އައިސްޕްލާންޓްތައް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

ނިސްބަތުން މަދު ބަޔަކު ބައިވެރިވި އެ މުޒާހަރާ ރޫޅައިލައި ފުލުހުން 10 މީހަކު ހައްޔަރު ކުރި އެވެ.