ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގާ ހަރަކާތާ ގުޅުވައިގެން، ފަރުތަކުގެ ދިރުން ބެލުމުގެ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
11 އޮކްޓޯބަރ 2022
ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގާ ހަރަކާތާ ގުޅުވައިގެން، ފަރުތަކުގެ ދިރުން ބެލުމުގެ ފޮޓޯ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އެ ހަރަކާތް ބާއްވަނީ ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ ގުޅިގެންނެވެ.
އެ މުބާރާތުގެ ޕާޓްނަރުނާއެކު ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރާ އެންމެ ބޮޑު އެއް ސަބަބަކީ ފަރުތައް ކަމަށެވެ. އެހެންކަމުން ކަނޑުގެ މާހައުލުގެ ސިއްހަތަށް އިތުރު ސަމާލުކަންދީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދުޅަހެޔޮކަންމަތީ އެ މާހައުލު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެ މުބާރާތުން އެ ކަމަށް ހިތްވަރު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ ސީއެސްއާރުގެ މައިގަނޑު އެއް އަސާސް ކަމަށެވެ. އެ ފޮޓޯ މުބާރާތަކީ ރާއްޖޭގެ ކަނޑުއަޑީގެ ތަފާތު ރީތިކަން ފެނި، ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކަށް ލިބޭ ބާރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓްނާޝިޕް އެގްރީމެންޓުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ސޮއި ކުރައްވަނީ. ފޮޓޯ: ދިރާގު
ދިރާގުން ބުނިގޮތުގައި، މި މަހުގެ 21 ގައި ބާއްވާ ފޮޓޯ މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލައި، ކޮންމެ އަހަރަކު ވެސް ޗެކަޕެއް ހެދުމެވެ.
މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މަޝްހޫރު ޑައިވް ސައިޓެއް ކަނޑައަޅާފައިވާ ކަމަށް ދިރާގުން ބުންޏެވެ. އޭގެ ތެރެއިން އެއް ސައިޓު ނުވަތަ އެ އަށް ވުރެ ގިނަ ސައިޓުތަކުގެ ފޮޓޯ ނަގައިގެން ވެސް މުބާރާތުގައި ބައިވެރިވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ކޮންމެ ސައިޓަކުން ވެސް ފަސް ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަހަޅަން ޖެހެ އެވެ.
މުބާރާތުގެ ފޮޓޯތައް ބައިނަލްއަގުވާމީ ޖަޖިން ޕެނަލަކުން ބެލުމަށް ފަހު، ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން ވަނައިގެ އޮނަރަބަލް މެންޝަން ހޮވާނެ އެވެ. ފޮޓޯ ހުށަހަޅާ ހުރިހާ އެންމެންނަށް ވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވި ކަމުގެ ސެޓްފިކެޓެއް ދޭނެ އެވެ.
އެ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ މި މަހުގެ 29 ގަ އެވެ.
"އޯޝަން6/50" އިވެންޓްގެ ޑިޖިޓަލްޕާޓްނަރަކަށް ދިރާގު
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
ޓޫރިޒަމަށް އަންހެނުން ނެރެން ހާއްސަ ޕްރޮގްރާމެއް
ރިހިވެލީގެ ލައިސަންސް ބާތިލު ކުރުމުން ބަދަލު ހޯދަނީ
ހޮޓެލް އޭޝިއާ ފަށައިފި، 150 އަށް ވުރެ ގިނަ ސްޓޯލް
ފުށިފަރުން ޅ. އަތޮޅުގެ ރަށްތަކަށް ފޮތި ކޮތަޅު ދީފި
ޓޫރިޒަމް މިނިސްޓްރީން ޓިކްޓޮކް ޗެލެންޖެއް
ޓޫރިޒަމްގެ ރަން އަހަރަށް ހާއްސަ ލަވަ ނެރެފި
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ޓޫރިޒަމްގެ ތަރައްގީން ކޯބިން އަށް ހައިރާންކަން!