ކ. މަހާނައެޅިހުރާގައި ހުންނަ ރިހިވެލި ރިސޯޓު ހިންގަން ފްރާންސްގެ ހިއްސާދާރުންތަކަކާއި ދިވެހީންތަކެއް ގުޅިގެން އުފެއްދި ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ދޫކުރި އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ބާތިލު ކުރި މައްސަލައިގައި 6.3 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 97 މިލިއަން ރުފިޔާ) ބަދަލެއް ހޯދަން ސެޓަލްމެންޓް ކޮމިޓީގައި އެދެން ފްރާންސްގެ ހިއްސާދާރުން ނިންމައިފި އެވެ.
29 ޑިސެމްބަރ 2022
ކ. މަހާނައެޅިހުރާގައި ހުންނަ ރިހިވެލި ރިސޯޓު ހިންގަން ފްރާންސްގެ ހިއްސާދާރުންތަކަކާއި ދިވެހީންތަކެއް ގުޅިގެން އުފެއްދި ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ދޫކުރި އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ބާތިލު ކުރި މައްސަލައިގައި 6.3 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 97 މިލިއަން ރުފިޔާ) ބަދަލެއް ހޯދަން ސެޓަލްމެންޓް ކޮމިޓީގައި އެދެން ފްރާންސްގެ ހިއްސާދާރުން ނިންމައިފި އެވެ.
މާހަލް ޓުއާސް ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ މި ރަށް އެ ކުންފުނިން ސަބްލީސް ކުރީ، އެ ކުންފުނީގެ އިސް ފަރާތެއް ކަމަށްވާ ހުސެއިން ޝިހާމް އާއި، ފްރާންސްގެ ހިއްސާދާރުންތަކެއް އެކުލެވޭ، ސޭވް ދަ ޑްރީމް ކިޔާ ކުންފުންޏަކާ އެކު 50-50 ހިއްސާ އޮންނަ ގޮތަށް ހެދި ކުންފުންޏަކަށެވެ. "ސޭވް ދަ ޑްރީމް މޯލްޑިވްސް"ގެ ނަމުގައި ގުޅިގެން އުފެއްދި އެ ކުންފުނިން ރިސޯޓު ހިންގަމުން ދަނިކޮށް ދިވެހި ހިއްސާދާރުންނާއި ފްރާންސްގެ ހިއްސާދާރުންނާ ޖެހުނު މައްސަލައެއްގައި 2020 ވަނަ އަހަރު މާހަލްއިން ސަބްލީސް އެއްބަސްވުން ބާތިލު ކުރި އެވެ.
އެ މައްސަލަ ފްރާންސްގެ ހިއްސާދާރުން ކޯޓަށް ހުށަހެޅުމުން، ސޭވް ދަ ޑްރީމް މޯލްޑިވްސްއާ އެކު ހެދި ސަބްލީޒް އެއްބަސްވުން މާހަލް އިން ބާތިލު ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވެސް ވަނީ ނޮވެމްބަރު 30، 2021ގައި ތާއީދުކޮށްފަ އެވެ. އެކަމަކު އޭގެ ކުރިން، ސެޕްޓެމްބަރު 2، 2021ގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ދޫކުރި ރިސޯޓު އޮޕަރޭޓިން ލައިސަންސް ބާތިލުކޮށްފަ އެވެ.
އޮޕަރޭޓިން ލައިސަންސް ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ބޭނުންވާކަން ފްރާންސްގެ ހިއްސާދާރުން އެންގީ މި މަހުގެ 14 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީ ފޮނުވީ ފްރާންސްގެ މައި ހިއްސާދާރު، ސޭވް ދަ ޑްރީމް ފްރާންސްގެ ރައީސް އަދި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކްރިސްޓިއަން ކެލްބް އެވެ.
ކ. މަހާނައެޅިހުރާ: އެ ރަށުގައި ރިހިވެލި ރިސޯޓު ހިންގަން ދޫކުރި ލައިސެންސް ބާތިލު ކުރި މައްސަލައިގައި ބަދަލު ހޯދަން އެދެން ވަނީ ނިންމާފައި
އަލަށް އެކުލަވާލި އުސޫލެއްގެ ދަށުން ހަދާފައިވާ ސަރުކާރުގެ ސެޓަލްމެންޓް ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅަން ފްރާންސްގެ ހިއްސާދާރުން ވަނީ ނިންމައިފަ އެވެ. އެ މީހުން އެދެނީ ޖުމްލަ 6،323،188 ޑޮލަރުގެ (ގާތްގަނޑަކަށް 97 މިލިއަން ރުފިޔާ) ބަދަލެއް ނަގައިދިނުމަށް ކަމަށް އެ ސިޓީގައިވެ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް 2019 ވަނަ އަހަރުގެ އޮގަސްޓު މަހުން ފަށައިގެން މިނިސްޓްރީގައި އެދެމުންދާކަން ވެސް ކެލްބްގެ ސިޓީގައި ފާހަގަކުރި އެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު މަހު މައުސޫމް އީޔޫގެ ވަފުދަކާ ބައްދަލުކުރެއްވި އިރު، ރިިހިވެލި މައްސަލައިގައި "ފްރޯޑް" ހިންގިޔަނުދޭނެ ކަމުގެ ޔަގީންކަން މައުސޫމް ދެއްވި ކަމަށް ބުންޏެވެ.
އެހެންނަމަވެސް، އެ ކުންފުނިން އެ މައްސަލައިގައި އާދޭސް ކުރަމުންދަނިކޮށް ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ދޫކުރި ރިސޯޓު އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ބާތިލުކުރީ ކޯޓުގައި ހިނގަމުން ދިޔަ މައްސަލަތަކަށް ބެލުމެއް ނެތި އަދި ހުކުމް ތަންފީޒު ކުރުމުގެ ނިންމުމެއް ނެތީސް ކަމަށް އޭނާގެ ސިޓީގައިވެ އެވެ.
ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ރިހިވެލި ހިންގުމާ ހަވާލުކޮށްފައި ހުރި ކެތީ ކެލްބާއެކު އެ ރިސޯޓުގެ އޭރުގެ ބައެއް މުވައްޒަފުންނާއި ގެސްޓުން --
މިނިސްޓްރީގެ އެ އަމަލުގެ ސަބަބުން، ސޭވް ދަ ޑްރީމް ފްރާންސް އާއި ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ކުރި އިންވެސްޓްމެންޓު އެއްކޮށް ބޭކާރުވެފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. ކެލްބްގެ ސިޓީގައި އެދުނީ އަލުން އޮޕަރޭޓިން ލައިސަންސް ދިނުމަށް ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަށެވެ.
ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ޑެޕިއުޓީ އެމްޑީގެ ހައިސިއްޔަތުން ކެލްބް އެ ސިޓީ ފޮނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ދިވެހި އެމްޑީ ހުސެއިން ޝިހާމް ވަނީ އެ މައްސަލަ ހުށަހެޅުމާ ދެކޮޅު ހަދައިފަ އެވެ.
ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ދޫކުރި އޮޕަރޭޓިން ލައިސަންސް ބާތިލު ކުރި ފަހުން ރިހިވެލި ހިންގަން ހަވާލު ކުރީ، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދުގެ މަސްލަހަތު އޮންނަ ބީޗްއެކްސް ކުންފުންޏާ އެވެ.
ކ. މަހާނައެޅިހުރާ: އެ ރަށުގައި ރިހިވެލި ރިސޯޓު ހިންގަން ދޫކުރި ލައިސަންސް ބާތިލު ކުރި މައްސަލައިގައި ބަދަލު ހޯދަން އެދެން ވަނީ ނިންމާފައި
ސޭވް ދަ ޑްރީމްގެ ފްރާންސްގެ ހިއްސާދާރުންނަކީ ގިނަ އަހަރުތަކެއް ވަންދެން ގަވައިދުން ރިހިވެއްޔަށް ޒިޔާރަތް ކުރި ޓޫރިސްޓުންތަކެކެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ އެކައުންޓަށް ޖަމާކުރި ގިނަ އަދަދެއްގެ ފައިސާތަކެއް އެ ކުންފުނީގެ ދިވެހި ހިއްސާދާރު އެކައުންޓުން ނެގުމަށް ފަހު އަނބުރާ ނުދައްކަ އެވެ. ނަމަވެސް އެ ހިއްސާދާރުގެ ފަރާތުން ބުނާ ގޮތުގައި ނަގާފައި ވަނީ ކުލީގެ ގޮތުގައި އެ ކުންފުނިން ދައްކަން ޖެހޭ ޕޭމަންޓެކެވެ. އަދި ވަކިން ދައުވާކުރި އެ މައްސަލަ ކޯޓުގައި ނިމިފައިވަނީ ދިވެހި ހިއްސާދާރާ އެއްކޮޅަށެވެ.
ސަބްލީސް ބާތިލު ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން މާހަލް ކުންފުނިން ރިހިވެއްޔާ ހަވާލުވާން ދިޔުމުން ހަމަނުޖެހުމެއް ހިނގައި އެ ރަށަށް ފުލުހުން ވެސް ދާން ޖެހުނެވެ. އަދި ފަހުން ގާނޫނީ ވަކީލުންނާއެކު ރަށަށް ގޮސް ރަށާ ހަވާލުވުމުން، ރަށް ހިންގުމާ ހަވާލުވެ ހުރި ފްރާންސްގެ ހިއްސާދާރު ކްރިސްޓިއަން ކެލްބްގެ އަންހެނުން ކެތީ ކެލްބް ވަނީ ރަށުން ފައިބަން ދެކޮޅު ވެސް ހެދި އެވެ.
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
ޓޫރިޒަމަށް އަންހެނުން ނެރެން ހާއްސަ ޕްރޮގްރާމެއް
ފަރުތަކުގެ ދިރުން ބެލުމުގެ ފޮޓޯ މުބާރާތެއް ބާއްވަނީ
ހޮޓެލް އޭޝިއާ ފަށައިފި، 150 އަށް ވުރެ ގިނަ ސްޓޯލް
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ރަންޔޫބީލް ސްޓޭމްޕް ޓޫރިޒަމް މިނިސްޓަރަށް
ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ އެދިއްޖެ
ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭގޮތް ހަދަނީ
އައްޑޫގެ ރިސޯޓްތައް ހުޅުވަން ބާރުއަޅުއްވާ: މައުސޫމް
ވެކްސިނާ އެކު ޓޫރިޒަމަށް ކުރިއެރުން އަންނާނެ: މައުސޫމް