ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން، ހޮޓެލް އޭޝިއާ މިއަދު ފަށައިފި އެވެ.
10 އޮކްޓޯބަރ 2022
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން، ހޮޓެލް އޭޝިއާ މިއަދު ފަށައިފި އެވެ.
ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މި އެގްޒިބިޝަން ހުޅުއްވައިދެއްވުމަށް ފަހު ވިދާޅުވީ މިއީ ރާއްޖޭގެ ޓޫރިޒަމް ތަރައްގީކޮށް ހިދުމަތްތަށް އިތުރަށް ފުޅާކުރުމަށް ފަހިވެގެންދާ ފުރުސަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އަންނަ އިރު، އެ މީހުންނަށް ބޭނުންވާ ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހޯދައި، ފުޑް އެންޑް ބެވަރެޖް ދާއިރާ އިތުރަށް ފުޅާ ކުރުމަށް މި އެގްޒިބިޝަނުން މަގުފަހިވެގެން ދާނެ ކަމަށެވެ.
ހޮޓެލް އޭޝިއާގެ އިސް ފަރާތްތަކާ އެކު ޓޫރިޒަމް މިނިސްޓަރު މައުސޫމް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ރަސްމިއްޔާތުގައި، ހޮޓެލް އޭޝިއާ އިންތިޒާމު ކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (މެކްސް)ގެ ޑިރެކްޓަރު އާސިމް މުހުތާރު ވިދާޅުވީ، މިއީ އިންޓަނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ އެގްޒިބިޝަނެއް ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމާ ހެދ މެދު ކެނޑުމަށް ފަހު ބާއްވާ މި އެގްޒިބިޝަނަށް ތަރުހީބު ބޮޑު ކަމަށް ވިދާޅުވި އެވެ.
މެކްސްއިން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް (ކ) އަށް ހަނދާނީ ފިލައެއް އަރުވަނީ. ފޮޓޯ: ނިޝާން އަލީ | މިހާރު
"މި އަހަރުގެ އެގްޒިބިޝަންގެ ފެށުން ވަރަށް ކާމިޔާބު. ކޮވިޑަށް ފަހު ބާއްވާ އެންމެ ފުރަތަމަ ހޮޓެލް އޭޝިއާ އަކީ ވެސް ހައުސްފުލް އިވެންޓެއް. އެގްޒިބިޝަނުގެ ހުރިހާ ސްލޮޓެއް ވަނީ ފުރިފައި. 150 އަށް ވުރެ ގިނަ ސްޓޯލު މި އަހަރު އެބަ ހުރި." އޭނާ ވިދާޅުވި އެވެ.
އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު މައުސޫމަށް މެކްސްގެ ފަރާތުން ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކޭކެއް ފެޅި އެވެ.
އެގްޒިބިޝަން ފެށުމަށް ބޭއްވިި ރަސްމިއްޔާތަށް ފަހު މިނިސްޓަރު ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައިފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ސްޓޯލްތަކަށް ޒިޔާރަތް ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަހަރުގެ ހޮޓެލް އޭޝިއާގައި ރާއްޖޭގައި ފުޑް އެންޑް ބެވަރެޖުގެ ދާއިރާގެ ގިނަ ކުންފުނިތަކަކާއި، ރިސޯޓުތަކަށް މުދާ ސަޕްލައިކުރާ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފަ އެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގެ ބައެއް ކުންފުނިތަކުން ވެސް ބައިވެރިވި އެވެ.
ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސަރަކީ ބެސްޓް ބައި މޯލްޑިވްސް އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އެ އެގްޒިބިޝަނަކީ ޓޫރިޒަމް މިނިސްޓްރީ އާއި ނެޝަނަލް ޗެމްބާ އޮފް އެކްސްޕޯޓާސް އިން ސްރީ ލަންކާއިން އެންޑޯސްކޮސްފައިވާ އިވެންޓެކެވެ.
އެ އެގްޒިބިޝަން ކުރިއަށް ދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގްޒިބިޝަން ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން ރޭގަނޑު 7 އަށެވެ.
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"
ޓޫރިޒަމަށް އަންހެނުން ނެރެން ހާއްސަ ޕްރޮގްރާމެއް
ރިހިވެލީގެ ލައިސަންސް ބާތިލު ކުރުމުން ބަދަލު ހޯދަނީ
ފަރުތަކުގެ ދިރުން ބެލުމުގެ ފޮޓޯ މުބާރާތެއް ބާއްވަނީ
ދިވެހި ޝެފުންނަށް ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި
ހޮޓެލް އޭޝިއާގެ ޕްރީ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި
ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ތާށިވެފައި
ރަންޔޫބީލް ސްޓޭމްޕް ޓޫރިޒަމް މިނިސްޓަރަށް
ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ އެދިއްޖެ
ކޮވިޑް ޓެސްޓާ ނުލައި ރާއްޖެ އާދެވޭގޮތް ހަދަނީ