Roadha Mihaaru
އައިއެސްއާ ގުޅެން އުޅުނު މީހަކު 12 އަހަރަށް ޖަލަށް

އައިއެސްއާ ގުޅެން އުޅުނު އެމެރިކާ މީހަކަށް 12 އަހަރުގެ ޖަލު ހުކުމެއް

08 ޖޫން 2016

ވޮޝިންޓަން (ޖޫން 8) - ސީރިއާ އަށް ގޮސް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން މަސައްކަތް ކުރި ކެލިފޯނިއާގެ ރައްޔިތަކަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 8) - ސީރިއާ އަށް ގޮސް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން މަސައްކަތް ކުރި ކެލިފޯނިއާގެ ރައްޔިތަކަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އަލަށް އިސްލާމްވި އުމުރުން 22 އަހަރުގެ ނިކޮލަސް މައިކަލް ޓީސަންޓް ކުށްވެރިވެފައި ވަނީ ޓެރަރިސްޓް ޖަމާއަތަކާ ގުޅެން އުޅުމުންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާޗް 2014 ގައި، ސީރިއާ އަށް ދިއުމުގެ މަގުމަތީގައި، ކެނެޑާގެ ސަރަހައްދީ ރޮނގު ކައިރިންނެވެ.

ކޯޓުގެ ހުކުމުގައި ވަނީ މީހަކަށް ކުރިމަގުގައި ކުރިމަތިވާނެ ނުރައްކަލަކުން އެ މީހަކު ސަލާމަތް ކުރުމަކީ ވެސް ކޯޓުގެ ވާޖިބެއް ކަމަށެވެ.

ޓީސަންޓުގެ ސަމާލުކަން އެފްބީއައި އަށް 2013 ވަނަ އަހަރު އައީ އޮންލައިން ފޯރަމްތަކުގައި އޭނާ ބައިވެރިވާން ފެށުމުންނެވެ. އަދި އޭނާ ވަނީ ލޮސް އެންޖަލިސް ސަބްވޭގައި ބޮން ގޮއްވަން ވެސް ރާވައިފަ އެވެ.

ޓީސަންޓުގެ ވަކީލް ވަނީ އޭނާގެ ކުށެއް ނެތްކަން ކޯޓުގައި ސާބިތުކޮށް ދިނުމަށް ވަކާލާތުކޮށްފަ އެވެ.

އެފްބީއައި އިން ބުނީ މިފަދަ މައްސަލަތައް ފެންމަތިވުމުން ޒުވާނުންގެ ބައެއް ގްރޫޕްތައް ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުމުގެ މައްސަލަ ބޮޑު ކަމަށެވެ. --އޭއެފްޕީ