ހަނގުރާމަވެރި އައިއެސް ޖަމާއަތަށް ތާއީދުކޮށް، އައްޑޫ ހިތަދޫގައި ގްރެފިޓީ ކުރެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހަނގުރާމަވެރި އައިއެސް ޖަމާއަތަށް ތާއީދުކޮށް، އައްޑޫ ހިތަދޫގައި ގްރެފިޓީ ކުރެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހިތަދޫގެ މައިލޯ ދަނޑުގެ ކައިރީގައި ހުރި އިމާރާތެއްގެ ފާރުގައި، އައިއެސް އަށް ތާއީދުކޮށް ކުރަހާފައިވާ ގްރެފިޓީގެ ފޮޓޯ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލުކަމަށް ޓުވިޓާގައި މީހަކު ގެނައުމާ ގުޅިގެން ހަމީދު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރު ދޭ މައްސަލަތައް ބަލާނެ ކަމަށެވެ.
އައިއެސްގެ ފިކުރާ އެއްކޮޅު ގްރެފިޓީގެ އިތުރުން ހިތަދޫގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ސެކިއުރިޓީ ޕޯސްޓުގެ ފާރުގައި ވެސް ވަނީ ޑިމޮކްރެސީ އާއި ވޯޓުލުމަކީ ޝިރުކު ކަމަށް ބުނެ ލިޔުންތައް ލިޔެފަ އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންގެ ފިކުރު ފެތުރުމާއި އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަކޮށް ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން ކުރާ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ކަންކަން، ގުޅުން ހުރި ފަރާތްތަކާ އެކު ފުލުހުން ކުރަމުން ދާނެ ކަމަށެވެ.
Thank you for escalating this matter. No doubt there needs to be robust work to address this kind of propagation, promotion of violent groups, acts and speech that ridicules Islam & breaches our religious unity, all forms of extremism, hate and intolerance. We are working on it!
— Mohamed Hameed (@M_Hameedh) June 4, 2019
ޕޮލިސް ކޮމިޝަނަރު ހަމީދުގެ ޓުވީޓު
ފުލުހުން މިރޭ ބުނީ، ހިތަދޫގެ މައިލޯ ޓާފް ދަނޑު ކައިރީގައި ހުރި އިމާރާތެއްގައި އައިއެސް އަށް ތާއީދުކޮށް، ކުރަހާފައިވާ ގްރެފިޓީއެއް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ފެނިފައިވާ ކަމަށެވެ. އަދި އެ ގްރެފިޓީ ޖެހިގެން އައި ދުވަހު ފޮހެލާފައިވާއިރު، އެ ކުރެހި މައްސަލަ އަންނަނީ ބަލަމުން ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، ސީރިއާގައި ކުރާ ހަނގުރާމައިގައި ބައިވެރިވާން ބައެއް ދިވެހިން ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ މަރުވެ، އަދި އެ މީހުން ގޮވައިގެން ދިޔަ އާއިލާތައް ތިބީ ހަނގުރާމަވެރި ކޭމްޕްތަކުގައި ކަމަށް ވެ އެވެ.
އިސްލާމްދީނުގެ ނަމުގައި ސީރިއާ އަށް ދިވެހިންގެ ގިނަ ބަޔަކު ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ން މިދިޔަ ފެބުރުއަރީ މަހު ބުނެފައިވާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން 61 ފިރިހެނަކު ސީރިއާ އަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރީ އަނބިދަރިން ގޮވައިގެން ކަމަށް ބުންޏަސް ތަފްސީލު އަދަދެއް ހާމައެއް ނުކުރެ އެވެ.
ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި މިދިޔަ އޭޕްރީލް މަހު އާންމުކުރި އެވެ. އެ ލިސްޓުން އެނގޭ ގޮތުގައި އުމުރުން އެއް މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ވަނީ ހާލުގައި ޖެހިފަ އެވެ. ބައެއް ކުދިންގެ މަންމަގެ ނަން ލިސްޓުގައި ހިމަނާފައި ވިޔަސް ބައްޕަގެ ނަމެއް ނެތެވެ. އެ ލިސްޓުގައި ޖުމްލަ 33 ނަން ހިމެނެ އެވެ.
ސީރިއާގައި ތިބި ދިވެހިން ހަތް މަސް ތެރޭ ގެންނަނީ
ހަނގުރާމައަށް ދިޔަ ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރު
ހަރުކަށިފިކުރުގެ ތުހުމަތުކުރެވުނު ބަޔަކު ދޫކޮށްލައިފި
މަޑުއްވަރީން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް!
މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި
ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީ ގެތަކެއް ފާސްކުރަނީ
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!
ރާއްޖޭގައި ބޮން ހަދައި ވައިގެ މަގުން ގޮއްވާލަން އުޅުނު
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި
އެންމެ މުހިންމީ މުގައްރަރު އިސްލާހުކުރުން: ނަޝީދު