ބީއެމްއެލްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ދެކުނު އެފްރިކާގެ ބޭފުޅަކު އައްޔަން ކުރަން އެ ބޭންކުން ނިންމައިފި އެވެ.
11 އޮކްޓޯބަރ 2022
ބީއެމްއެލްގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ދެކުނު އެފްރިކާގެ ބޭފުޅަކު އައްޔަން ކުރަން އެ ބޭންކުން ނިންމައިފި އެވެ.
ކާލް ސްޓުމްކަ އަކީ ބޭންކުތަކުގެ އެގްޒެކެޓިވް އަދި ބޯޑު ލެވެލްގެ ތަޖުރިބާކާރު ބޭފުޅެކެވެ.
ރާއްޖޭގެ މައި ބޭންކުން މިއަދު ބުނީ، ކާލް ވަނީ މެދުއިރުމައްޗާއި އެފްރިކާ އާއި އޭޝިއާގެ ބައެއް ގައުމުތަކާއި އިނގިރޭސި ވިލާތުގެ ރީޓެއިލާއި ކޯޕަރޭޓް ބޭންކުތަކުގެ އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 36 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައި ކަމަށެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގަ އެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތާ، ކާލް ގުޅިވަޑައިގަތީ 2010 ވަނަ އަހަރު އެވެ.
އެ ބޭންކުގެ އިންޓަނޭޝަނަލް ޖެނެރަލް މެނޭޖަރު މަގާމުގައި ހުންނަވައި، ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބެލެހެއްޓެވުމަށް ފަހު، އެ ބޭންކުން ޔޫއޭއީގައި ހިންގާ އޮޕަރޭޝަންތަކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ.
އަލް އަހްލީ ބޭންކް އޮފް ކުވައިތާ ގުޅިވަޑައިގަތުމުގެ ކުރިން ކާލް ވަނީ ބަހުރައިންގެ ބޭންކު މަސްކަޓް އިންޓަނޭޝަނަލްސްގެ ރީޖަނަލް ކޯޕަރޭޓް ޑިރެކްޓަރުގެ މަގާމާއި ބާކްލޭޝް ބޭންކް މޮރިޝަސްގެ އިންޑިއާ ކަނޑުގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
ކާލް އަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް ބޭންކާސް (ސައުތު އެފްރިކާ) ގެ އެސޯސިއޭޓެކެވެ. އޭނާ ވަނީ ޔުނިވަސިޓީ އޮފް ސައުތު އެފްރިކާ އިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.
ފްރާންސާއި ސްވިޒަލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެެޓިވް ޕްރޮގްރާމްތައް ވެސް ފުރިހަމަ ކުރައްވާފައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ކާލްއާ ހަވާލާދީ، ބީއެމްއެލްގެ ބަޔާނުގައި ބުނީ، އެ ބޭންކުގެ ސްޓްރެޓެޖީގެ ލަނޑުދަނޑިތައް ހާސިލުކުރަން، ބޭންކުގެ ބޯޑާއި އެގްޒެކެޓިވް މެނޭޖުމަންޓް އަދި މުވައްޒަފުންގެ އެހީތެރިކަމާއެކު އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއް ދޭނީ ކަސްޓަމަރުންނަށް އީޖާދީ ބަދަލާއި އިތުރު ފުރިހަމަ ކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުންމީދު ކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް،" އޭނާއާ ހަވާލާދީ، ބީއެމްއެލުން ބުންޏެވެ.
ކާލް ވިދާޅުވިގޮތުގައި، ބީއެމްއެލަކީ ވަރަށް ވެސް ކާމިޔާބު ތާރީހެއް އޮތް ބޭންކެކެވެ.
"...އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު މި ހުރީ ތައްޔާރަށް،" އޭނާ ވިދާޅުވި ކަމަށް ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމު އެންމެ ފަހުން ފުރުއްވީ އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ޓިމް ސޯޔާ އެވެ. ކޮވިޑްގެ އެންމެ ނާޒުކު ދަނޑިވަޅުގައި އެ ބޭންކުގެ އެންމެ އިސް މަގާމު ފުރުއްވި ޓިމް ސޯޔާ، އެ މަސްއޫލިއްޔަތާ ދުރަށް ވަޑައިގަތީ ތިން އަހަރުގެ ކޮންޓްރެކްޓް އާ ކުރައްވަން ބޭނުން ނުވުމުންނެވެ.
ބީއެމްއެލަށް އާ ސީއީއޯއަކު ހޯދީ އިއުލާނު ކޮށްގެންނެވެ.
އެ މަގާމަށް ބޭފުޅަކު ހޯދަން މިދިޔަ ޖޫން މަހު އެ ބޭންކުން ކުރި އިއުލާނުގައި ވާ ގޮތުން، މަގާމަށް ހޮވޭ މީހެއްގެ މުސާރަ ކަނޑައަޅާނީ އެ މީހެއްގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރަށް ބަލައިގެންނެވެ. މުސާރައިގެ އިތުރުން ހުންނަވާނެ ތަނަކާއި ކާރަކާއި ސިއްހީ އެލަވަންސްތައް ސީއީއޯ އަށް ބީއެމްއެލުން ދޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ޔުއާން އާއި ދިރުހަމުން މުއާމަލާތް ކުރެވޭ ގޮތް ހަދަނީ
ކާލްގެ އަމާޒު: ކަސްޓަމަރުން ލޯބިވާ ބޭންކަކަށް ހެދުން
ކުދި ލޯނުތަކުގެ މައްސަލަ ނިމޭނެ ނިޒާމެއް ބޭނުން
"ކާޑު ލިމިޓު ކަނޑާނުލެވެނީ ޑޮލަރު މައްސަލައާ ހެދި"
ސްކޭމްތަކުގެ މަޅީގައި ޖެހޭ މީހުން މަދެއް ނުވި: ކާލް
ބީއެމްއެލްގެ އޯޓީޕީ މެއިލަށް ފޮނުވުން ހުއްޓާލަނީ
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި