Roadha Mihaaru
މަސްމާރުކޭޓުން ޑެލިވަރީގެ ހިދުމަތް މާދަމާ ފަށަނީ

މަސްމާރުކޭޓުން ޑެލިވަރީގެ ހިދުމަތް މާދަމާ ފަށަނީ

19 މެއި 2020

މަސް މާރުކޭޓުން މަސް ޑެލިވަރީ ކޮށްދޭން މާދަމާ ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަސް މާރުކޭޓުން މަސް ޑެލިވަރީ ކޮށްދޭން މާދަމާ ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ، މަސް މާރުކޭޓު ބޭނުންކުރާ މީހުން މާރުކޭޓު ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މަސް ޑެލިވަރީކުރަން ބޭނުންވާ މީހުންނަށް މިއަދު ހުއްދަތައް ދޫކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މަސް މާރުކޭޓް ސާފުކޮށްފައި-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މަސް މާރުކޭޓް ސާފުކޮށްފައި-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭން ކޮވިޑް-19 ފެނި މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު، މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ވެސް ވަނީ ބަންދުކޮށްފަ އެވެ.

މާލޭ މަސް މާރުކޭޓް އަލުން ބޭނުންކުރަން ފަށައި މަސްވެރިންނަށް އެ ތަން ބޭނުންކުރުމުގައި ފަސޭހަ ގޮތްތަކެއް ހަދަން މާލެ ސިޓީ ކައުންސިލުން މަސައްކަތް ފެށީ މި މަހު ކުރީ ކޮޅު އެވެ.

މާލެ ސަރަހައްދު ބަންދުކުރުމުން، މަސް ވިއްކުމުގައި މަސްވެރިންނަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެކަމުގެ ސަބަބުން އާންމުންނަށް ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.