ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.
13 އޮކްޓޯބަރ 2022
ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް އަޒްހާންގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކައިރީގައި އޮންނަ ގަސްތަކުގެ ތެރެއިންނެވެ. އޭނާ ފެނުނީ ގެއްލިގެން ހޯދާތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.
އަޒްހާންގެ ހަށިގަނޑު އިންޑިއާގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނައީ މިރޭގެ ވަގުތެއްގަ އެވެ. އޭނާގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.
ޕޯސްޓްމޯޓަމް ނަތީޖާ މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަޒްހާންގެ މަރުގައި މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަޒްހާންގެ ފޯނު ފެނުނީ ހަށިގަނޑު ކައިރިން: ޕޮލިސް
އަޒްހާންގެ ހަށިގަނޑު ފެނުނުއިރު ހުރީ ކަށިތައް އެކަނި
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
ބޯޓެއް ފަރަށް އަރައި ހިނގި ހާދިސާގައި މީހަކު މަރު
އައްޑޫ ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވަނީ
އޮޓޮޕްސީއާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި
މަރުވެފައި އޮތީ ނޭޕާލް މީހެއް، ތުހުމަތުކުރެވޭކަމެއް ނެތް
މަރުވެފައި އޮއްވައި ފެނުނީ ބިދޭސީއެއް ކަމަށް ބެލެވޭ
ވޯޓާ ތީމް ޕާކުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ