ހަމަނުޖެހުމާއި ހަލަބޮލިކަމުގެ ތެރޭގައި އޮތް ހޮންގްކޮންގްގެ މައްޗަށް ޗައިނާ ފުރިހަމައަށް ކޮންޓްރޯލް ހޯދައި، ރަނގަޅު އިދާރީ ހިންގުންތެރިކަމެއް އެ ސަރަހައްދުގައި ގާއިމުކުރެވިއްޖެ ކަމަށާއި ދެން އޮތީ ތައިވާންގެ މައްސަލަ ހައްލުކުރުން ކަމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ވިދާޅުވެއްޖެ އެވެ.
ހަމަނުޖެހުމާއި ހަލަބޮލިކަމުގެ ތެރޭގައި އޮތް ހޮންގްކޮންގްގެ މައްޗަށް ޗައިނާ ފުރިހަމައަށް ކޮންޓްރޯލް ހޯދައި، ރަނގަޅު އިދާރީ ހިންގުންތެރިކަމެއް އެ ސަރަހައްދުގައި ގާއިމުކުރެވިއްޖެ ކަމަށާއި ދެން އޮތީ ތައިވާންގެ މައްސަލަ ހައްލުކުރުން ކަމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ޝީ ވިދާޅުވީ ތައިވާންގައި އުފެދިފައި އޮތް ވަކިވެގަތުމުގެ ހަރަކާތާ ދެކޮޅަށް ޗައިނާ އިން ވަރުގަދަ ޖިހާދެއް ކޮށްފައިވާ ކަމަށެވެ. އަދި ޗައިނާ މިއަދުވެސް އޮތީ، އެ ގައުމުގެ ސަރަހައްދީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮކްޓޫބަރު 16، 2022: ޗައިނާގެ ވެރިރަށް ބޭޖިންގައި،ި ފެށިގެން ކުރިއަށް ދާ އެ ގައުމުގެ ކޮމިޔުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސްގައި ރައީސް ޝީ ޖިންޕިންގް ވާހަކަ ދައްކަވަނީ. --އޭއެފްޕީ
ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ 20 ވަނަ ގައުމީ ކޮންގްރެސްއަކީ މުޅި ޕާޓީ އާއި ޗައިނާގެ ހުރިހާ ދަރިކޮޅުތަކެއްގެ ހުރިހާ ރައްޔިތުން، އެންމެން ޝާމިލްވާ ކޮމިޔުނިސްޓް ދައުލަތެއް ބިނާކުރުމުގެ ދަތުރު ފަށާފައިވާ ނާޒުކު ދަނޑިވަޅެއްގައި، އަދި ޗައިނާގެ ދެ ވަނަ ސައްތައިގެ ލަނޑުދަނޑި ހާސިލުކުރުމަށް މިސްރާބު ޖަހާފައިވާ ވަގުތެއްގައި ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެއް،" ޗައިނާގެ ރައީސް ޝީ ވިދާޅުވި އެވެ.
ކޮވިޑުން ދިފާއުވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތު ދިފާއު ކުރައްވައި، ރައީސް ޝީ ވިދާޅުވީ، ޗައިނާ އިން ގެންގުޅެނީ "އެންމެ ފުރަތަމަ ޗައިނާގެ ރައްޔިތުންނާއި ރައްޔިތުންގެ ފުރާނަ އަށް އިސްކަން ދިނުމުގެ ސިޔާސަތެއް" ކަމަށެވެ. އަދި ކޮވިޑާ ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، އެ ވަބާއާ ދެކޮޅަށް ވަރަށް އެކަށީގެންވާ ކުރިއެރުމެއް ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮކްޓޫބަރު 16، 2022: ޗައިނާގެ ވެރިރަށް ބޭޖިންގައި އެ ގައުމުގެ ކޮމިޔުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސް ފަށައިގެން ކުރިއަށް ދަނީ. --އޭއެފްޕީ
މިއަދު ބޭޖިންގައި ފެށި ކޮންގްރެސް އަކީ 1921 ވަނަ އަހަރު ކޮމިޔުނިސްޓް ޕާޓީ އުފެއްދި ފަހުން މިހާތަނަށް ބާއްވާ 20 ވަނަ ކޮންގްރެސް އެވެ. މިފަހަރުގެ ކޮންގްރެސްއަކީ މިހާރުގެ ރައީސް ޝީގެ ރިއާސީ ދެވަނަ ދައުރު ފުރިހަމަވުމާ ދިމާކޮށް ބާއްވާ ބައްދަލުވުމަށް ވާތީ، އާދަކާދައިގެ މަތިން ވެރިކަމުގެ ބާރުތައް އެހެން ބޭފުޅަކާ ހަވާލުކުރާނެ ކަމަށް ކުރިން ބެލެވުނެވެ.
ނަމަވެސް، މިފަހަރުގެ ކޮންގްރެސްގައި ޗައިނާގެ ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، މިހާރު އުމުރުން 69 އަހަރުގެ ޝީ އަށް ވެރިކަމުގެ އިތުރު ދައުރެއް ދިނުމަށް ކޮންގްރެސް އިން ނިންމާނެ ކަމަށް ބެލެވެ އެވެ. އޭނާގެ ކުރިން ވެރިކަން ކުރެއްވި ރައީސް ހޫ ޖިންޓާއޯ އާއި ރައީސް ޖިއަންގް ޒެމިން ވެސް ވަނީ، ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، ވެރިކަން ދޫކުރައްވައިފަ އެވެ.
ކޮންގްރެސްގެ ބައްދަލުވުން ކުރިއަށް ދާ މައި މާލަމުގައި 2300 އެއްހާ މެމްބަރުން ހާޒިރުވެ ތިއްބެވި ޖަލްސާގައި ރައީސް ޝީ ވިދާޅުވީ ތައިވާން ވެސް ހިމެނޭ ގޮތަށް، ޗައިނާގެ ބިމުގެ ސަރަހައްދުގެ ސިޔާދަތީ މިލްކުވެރިކަން ދިފާއުކޮށް ރައްކާތެރިކުރުމުގެ ފުރިހަމަ ގާބިލުކަމާއި އަޒުމް ޗައިނާގައި އެބަހުރި ކަމަށެވެ.
އޮކްޓޫބަރު 16، 2022: ޗައިނާގެ ވެރިރަށް ބޭޖިންގައި އެ ގައުމުގެ ކޮމިޔުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސް ފަށައިގެން ކުރިއަށް ދަނީ. --އޭއެފްޕީ
ތައިވާނާ ބެހޭ ގޮތުން ރައީސް ޝީ ވާހަކަ ދައްކަވަން ފެއްޓެވުމާއެކު، ބައްދަލުވުމަށް ހާޒިރުވެ ތިބި މެމްބަރުން ގޮނޑިތަކުން ތެދުވެ، ވަރަށް ބާރަށް އަތް ޖަހައި ރައީސްގެ ވާހަކަތަކަށް ތާއީދުކުރާ ކަން ހާމަކުރި އެވެ. އޭނާ ވިދާޅުވީ ތައިވާންގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ސިޔާސީ މީހުންނާއި، ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ޗައިނާ ސަރުކާރުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާ އިން މަސައްކަތް ކުރާނީ ތައިވާނާ އެކުގައި ގާތް ގުޅުމެއް އުފެއްދުމަށެވެ. އެހެން ނަމަވެސް، މިނިވަންވުމަށް ތައިވާނުން ކުރާ މަސައްކަތަށް ފުރިހަމަ އަށް ދެކޮޅު ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.
މީގެ 72 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.
އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.
ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.
ވެރިކަމުގެ ތިން ވަނަ ދައުރަކަށް ރައީސް ޝީ
ޗައިނާގެ ރައީސް ޝީ އަށް ތިން ވަނަ ދައުރެއް
މަސްރަހު ފިނިކުރަން އެމެރިކާ އާއި ޗައިނާ މަޝްވަރާކޮށްފި
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ސައޫދީގައި އީރާންގެ އެމްބަސީ ހުޅުވައިފި
ޔޫކްރޭން މައްސަލަ ހައްލުކުރަންވީ ބުއްދިވެރި ގޮތަކަށް
އެކަތައިގެ ފާރަކަށް ޗައިނާގެ އަސްކަރިއްޔާ ހަދާނަން
ޕުޓިންއާ މަޝްވަރާ ކުރެއްވުމަށް ރައީސް ޝީ ރަޝިޔާ އަށް
ރައީސް ޝީގެ ސައޫދީ ދަތުރުފުޅު ނިންމަވާލައްވައިފި
އާ ގުޅުމެއްގެ އުންމީދުގައި ރައީސް ޝީ ސައޫދީ އަށް