Roadha Mihaaru
"ވެހިކަލްތައް ރަޖިސްޓްރީ ކުރީ ސިސްޓަމް ހެކްކޮށްގެން"

"ވެހިކަލްތައް ރަޖިސްޓްރީކުރީ ޓްރާންސްޕޯޓަކުން ނޫން"، އަމުރު އިސްތިއުނާފު ކުރަނީ!

18 އޮކްޓޯބަރ 2022

ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ސިސްޓަމުން ދައްކާ، ގިނަ އަދަދެއްގެ ވެހިކަލްގެ ރަޖިސްޓަރީ ބާތިލްކުރުން ސިވިލް ކޯޓުން ހުއްޓުވުން ބަލައި ނުގަންނަ ކަމަށާއި އެހެންވެ، އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަވާއިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ސިސްޓަމުން ދައްކާ، ގިނަ އަދަދެއްގެ ވެހިކަލްގެ ރަޖިސްޓަރީ ބާތިލްކުރުން ސިވިލް ކޯޓުން ހުއްޓުވުން ބަލައި ނުގަންނަ ކަމަށާއި އެހެންވެ، އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ "މިހާރު" އަށް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މިހާރު ހަދަމުން އަންނަ އިންޓާނަލް އޮޑިޓްގެ ތެރެއިން، ގަވައިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާކަން މިހާތަނަށް ކަށަވަރު ކުރެވުނު 200 އެއްހާ ހަތަރު ފުރޮޅުލީ ވެހިކަލްގެ ރަޖިސްޓަރީ ބާތިލު ކޮށްފައިވާ ކަމަށެވެ.

ހަމަދު ވިދާޅުވީ، އެއީ ސޮއި ފޯޖުކޮށްގެން ހަދާފައިވާ ރަޖިސްޓަރީތަކެއް ކަމަށެވެ.

އެ އުޅަނދުތައް ރަޖިސްޓަރީ ކޮށްފައި ވަނީ ސޮއި ފޯޖުކޮށްގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލު ކުރިޔަސް ސިވިލް ކޯޓުން ވަނީ 87 އުޅަނދެއްގެ ރަޖިސްޓަރީ ބާތިލްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އިއްޔެ ނެރެފަ އެވެ.

އެ އުޅަނދުތަކުގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި މައްސަލަައިގައި ނެރުނު އަމުރުގައި އެންގީ އެ މައްސަލަ ނިމެންދެން، ދެ ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލްވެފައިވާ ކަމަށް މި ވަގުތަށް ނުބެލުމަށެވެ.

ކޯޓު އަމުރުގައި ހިމަނާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ އިއުލާނަކާއި މިދިޔަ މަހުގެ 26 ގައި ނެރުނު އިއުލާންގައި ހިމެނޭ ވެހިކަލްތަކެވެ.

ހަމަދު ވިދާޅުވިގޮތުގައި، އެ ރަޖިސްޓަރީތައް ދޫކުރީ ޓްރާންސްޕޯޓް މިނިސްޓްރީއަކުން ނޫނެވެ. އެކަން ކުރީ އޮފީހުން ބޭރުން ސިސްޓަމް ހެކްކޮށް، އެ ސިސްޓަމްގެ ތެރެއަށް މައުލޫމާތު ލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިސްޓަމަށް ބޭރު ތެރެއިން ވަދެފައި، މިތާ ތެރެއިން ކޮންމެ ވެސް ގުޅުމެއް އޮވެގެންތާ މި ތަނުގެ ވައްތަރުގެ ސޮޔާއި މި ތަނުގައި އުޅޭ ސްޓާފުންގެ ސޮޔާ އެއްޗެހި ކުރެވޭނީ،" ހަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯޓުގެ ހުކުމުގައި ބަޔާންކުރި އުޅަނދުތަކުގެ ރަޖިސްޓޭރޭޝަން ބާތިލްކުރުން މަޑުކޮށްލަން ވަގުތީ އަމުރުން އެންގިޔަސް އެއީ ރަޖިސްޓްރީއެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލު ނުކުރާ ކަމަށެވެ.

"އެއީ ފޯޖު ޑޮކިއުމެންޓް. ރަޖިސްޓްރީއެއް ކަމަކަށް ބަލައި ނުގަންނާނެތާ މި ތަނުން ދޫނުކުރާ އެއްޗެއް،" ހަމަދު ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއް: ގިނަ އަދަދެއްގެ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުން ބަލައި ނުގަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގެއް: ގިނަ އަދަދެއްގެ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުން ބަލައި ނުގަންނަ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވަގު ރަޖިސްޓްރީގެ މައުލޫމާތު ލިބުނީ އެކަމާ ގުޅިގެން ހަދަމުންދާ އޮޑިޓްގެ ތެރެއިން ކަމަށް ވިއަސް، ސީދާ އެކަމުގައި ބައިވެރިވާ މުވައްޒަފުން ފާހަގަވެފައިވާ ކަމެއް ނުވަތަ ނޫންކަމެއް ހަމަދު ވިދާޅެއް ނުވެ އެވެ. ފުލުހުންނާ ގުޅިގެން ކުރާ ތަހުގީގުގައި ހެއްކާ އެކީ ނޫނީ އެ މައުލޫމާތު ހާމަކުރަން އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަހުގީގަށް ފަހު، މުވައްޒަފުންގެ ބައިވެރިވުން އޮތް ކަންތަކަށް ފުލުހުންނާ ގުޅިގެން ހައްލެއް ހޯދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ސިސްޓަމަށް ބޭރު ތެރެއިން ވަދެފައި، މިތާ ތެރެއިން ކޮންމެ ވެސް ގުޅުމެއް އޮވެގެންތާ މި ތަނުގެ ވައްތަރުގެ ސޮޔާއި މި ތަނުގައި އުޅޭ ސްޓާފުންގެ ސޮޔާ އެއްޗެހި ކުރެވޭނީ،" --- ހަމަދު

"އަޅުގަނޑުމެންގެ ނަޒަރުން ބަލައިފިއްޔާ އެ ރަޖިސްޓްރީތަކަކީ މި ތަނުން ދޫކޮށްފައި އޮތް އެއްޗެއް ނޫން. އެއީ ބޭރުތެރޭގައި ދައުރުވާ ލިޔެކިޔުންތަކެއް. ސިސްޓަމަށް ވަދެގެން އެބަހުރި އެއްޗެހިތައް އިންކްލޫޑްކޮށްފައި. އެކަން ބަލާނަން. ފޮރެންސިކް އޮޑިޓެއް ވެސް ހަދާނަން،" ހަމަދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންގެ ސްޓޭންޑަކީ ކޯޓުން ކުރި ހުކުމުގައި ފުރިހަމަ އަށް ނެތޭ ރިއާޔަތްކޮށްފައި އަޅުގަނޑުމެން ހުށަހެޅި ޑޮކިއުމަންޓްތަކަކަށް. އެކަން ހައި ކޯޓުގައި އެޕީލް ކުރުމުގެ މަސައްކަތް އޭޖީ އޮފީހާ ގުޅިގެން ކުރަމުން މި އަންނަނީ."

ހަމަދު ވިދާޅުވިގޮތުގައި، ގަވައިދާ ހިލާފަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ކުރިއަށް އޮތް ތަނުގައި ވެސް ބާތިލް ކުރަމުން ގެންދާނެ އެވެ.

"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި އެއްވެސް އަމަލެއް ހުއްޓުވަން ފަހެއް ނުޖެހޭނެ. މިނިސްޓަރު ވެސް މިނިސްޓްރީ ވެސް،" އޭނާ ވިދާޅުވި އެވެ.