ވަގު ލިޔުންތަކެއް ހުށަހަޅައިގެން ރަޖިސްޓްރީކުރި ކަމަށް ބެލެވޭ ވެހިކަލްތަކެއްގެ ވެރިފަރާތުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ހާޒިރުވާން އިއްޔެ އެދިއްޖެ އެވެ.
13 މާޗް 2023
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ރަޖިސްޓްރީކުރި ކަމަށް ބެލެވޭ ވެހިކަލްތަކެއްގެ ވެރިފަރާތުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ހާޒިރުވާން އިއްޔެ އެދިއްޖެ އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ހަތަރު ފުރޮޅުލީ 50 އުޅަނދެއްގެ ރަޖިސްޓްރީއަކީ، އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދާ ހިލާފަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުންކޮށްގެން ހަދާފައިވާ ރަޖިސްޓްރީގެ ނަކަލުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅޭ އިތުރު ތަފްސީލް ސާފުކުރަން ބޭނުންވާތީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި، ރަސްމީ ގަޑީގައި މިނިސްޓްރީއަށް ހާޒިރުވާން އެދިފައިވެ އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "މިހާރު" އަށް ވިދާޅުވީ އެ އުޅަނދުތައް ރަޖިސްޓްރީ ކުރީ އޮންނަ އުސޫލުންތޯ ސާބިތުކޮށްދިނުމަށް އެ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެކަން ސާބިތުނުކޮށްދެއްވިއްޖެ ނަމަ ގަވާއިދުގެ ތެރެއިން އެ އުޅަނދުތައް ރަޖިސްޓްރީކުރަން ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީގައި ޝައްކުތަކެއް އުފެދުނުއިރު، ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ މި ފަހުން ވެސް ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން 87 ވެހިކަލެއްގެ ވެރިފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ.
ދައުލަތުން މިދިޔަ އޮކްޓޯބަރު މަހު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އޭގެ އަޑުއެހުންތައް ވެސް ފަށާފައިވެ އެވެ.
އަލީ ސޯލިހު ވިދާޅުވީ މިނިސްޓްރީގެ އެތެރޭގެ އޮޑިޓެއް ހަދަމުން އަންނައިރު، ރަޖިސްޓްރޭޝަންގައި ސުވާލު އުފެދޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރާ ކަމަށެވެ. މި ފަހުން ވެސް އެ ފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ އިއުލާނު ނުކުރެވި ލަސްވީ އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ވިދާޅުވި އެވެ.
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
ރަޖިސްޓްރޭޝަންމައްސަލަ އިސްތިއުނާފުކުރަން މަޝްވަރާ ކުރަނީ
ރަޖިސްޓްރީ ބާތިލްކުރުން:ސަރުކާރަށް ހައިކޯޓުން ނާކާމިޔާބު
"ވެހިކަލްތައް ރަޖިސްޓްރީ ކުރީ ސިސްޓަމް ހެކްކޮށްގެން"
ގަވައިދާ ހިލާފުވި 98 އުޅަނދުގެ ރަޖިސްޓްރީ ބާތިލް
ރޯޑްވާދިނަސް ހެއްދުމާ ގުޅޭ ހަރުދަނާ އާ އުސޫލެއް
ވަގުލިޔުން ހުށަހެޅި ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލް
ވެހިކަލްތައް އެތެރެކުރުމުގައި އޮޅުވާލާ މައްސަލަ ބަލަނީ
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން