ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
05 އެޕްރީލް 2023
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނެވެ.
އެ ވަގުތީ އަމުރު ނެރުނީ ރަޖިސްޓްރީ ބާތިލްކުރަން ނިންމުމުން އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތްތަކުން ދައުވާ ކުރުމުން އެ މައްސަލަ ނިމެންދެންނެވެ. އެ އަމުރު ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ އެ ވެހިކަލްތަކުގެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ސިވިލް ކޯޓުން ބަލާ މައުޟޫއީ މައްސަލާގެ ތެރެއިން ކަމަށެވެ. އަދި ކޯޓުން ގޮތެއް ނުނިންމަނީސް އުޅަނދުގެ ރަޖިސްޓްރީ ބާތިލްވެފައި އޮވެއްޖެ ނަމަ ގެއްލުން ލިބޭނީ އުޅަނދުގެ ވެރިފަރާތްތަކަށް ކަމަށާއި އެކަމަކު ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައިވަނީ އުޅަނދުތައް ރަޖިސްޓްރީކުރީ ދައުލަތުން ކަނޑައަޅާފައިވާ ނިޒާމުގެ ބޭރުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ބާރުލިބޭ ހެކިތަކެއް ހުއްޓާ ހަމައެކަނި ރަޖިސްޓްރީއެއް އޮތުމަކީ އެ ރަޖިސްޓްރީތައް ދަމަހައްޓަން ވަގުތީ އަމުރެއް ނެރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އުޅަނދުތަކުގެ ރަޖިސްޓްރީއަށް އުނި އިތުރު ގެނައުމުގެ ބާރު ސަރުކާރަށް އޮތްއިރު، މައްސަލައެއް ކޯޓުގައި އޮތުމަކީ ވަގުތީ އަމުރެއް ނެރެވޭނެ ކަމެއް ނޫން ކަމަށް އެ ރައުޔުގައިވެ އެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ނިންމުންތަކުގެ ސައްހަކަން ނުގެއްލޭހާ ހިނދަކު އެ ނިންމުން ދަމަހައްޓަންވާނެ ކަމަށް އެ ރައުޔުގައިވެ އެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ އެ މައްސަލާގައި 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ސިވިލް ކޯޓުން ހުއްޓުވިއިރު އެ މައްސަލާގައި ދައުވާކުރީ އެންމެ ނުވަ މީހުން ކަމަށެވެ. އެހެންވެ، ބާކީ ތިބި ވެހިކަލްތަކުގެ ވެރިފަރާތްތަކުގެ މީހުންގެ ބަހެއް ނެތި އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށް އެ ރައުޔުގައިވެ އެވެ.
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ރަޖިސްޓްރޭޝަންމައްސަލަ އިސްތިއުނާފުކުރަން މަޝްވަރާ ކުރަނީ
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ހައިކޯޓަށް
"ވެހިކަލްތައް ރަޖިސްޓްރީ ކުރީ ސިސްޓަމް ހެކްކޮށްގެން"
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
ވެހިކަލްތަކެއްގެ ވެރިފަރާތް މިނިސްޓްރީއަށް ހާޒިރުކުރަނީ
87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވައިފި
ގަވައިދާ ހިލާފުވި 98 އުޅަނދުގެ ރަޖިސްޓްރީ ބާތިލް
ރޯޑްވާދިނަސް ހެއްދުމާ ގުޅޭ ހަރުދަނާ އާ އުސޫލެއް