ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގި އެންގުމާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
29 މެއި 2023
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގި އެންގުމާ ދެކޮޅަށް ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އުސޫލާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރި ފަރާތްތަކުން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމާފައި އޮތީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. އެހެންވެ، ހައި ކޯޓުގައި ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފަށް ހުށަހެޅި އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ދައުލަތަށް ބުނެދެވިފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން ރަޖިސްޓްރާގެ ނިންމުންތައް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ.
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
ރަޖިސްޓްރީ ބާތިލްކުރުން:ސަރުކާރަށް ހައިކޯޓުން ނާކާމިޔާބު
"ވެހިކަލްތައް ރަޖިސްޓްރީ ކުރީ ސިސްޓަމް ހެކްކޮށްގެން"
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް
ރަޖިސްޓްރޭޝަންމައްސަލަ އިސްތިއުނާފުކުރަން މަޝްވަރާ ކުރަނީ
ވެހިކަލްތަކެއްގެ ވެރިފަރާތް މިނިސްޓްރީއަށް ހާޒިރުކުރަނީ
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ހައިކޯޓަށް
87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވައިފި
ގަވައިދާ ހިލާފުވި 98 އުޅަނދުގެ ރަޖިސްޓްރީ ބާތިލް
ރޯޑްވާދިނަސް ހެއްދުމާ ގުޅޭ ހަރުދަނާ އާ އުސޫލެއް