Roadha Mihaaru
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

09 ޖެނުއަރީ 2017

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00އާ ހަމައަށެވެ.

މިމަހުގެ 14 ގައި އިންތިހާބު ބާއްވަން ކުރިން އިއުލާން ކުރުމުން ކުރިމަތިލައި، ކޮމިޝަނުން ކެންޑިޑެސީ ގަބޫލުކޮށްފައި ތިބި ކެންޑިޑޭޓުން ވެސް އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ކޮމިޝަނުން ވަނީ ނިންމަައިފަ އެވެ. އެކަމަކު އެފަދަ ކެންޑިޑޭޓުންނަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިންތިޚާބަށް އަލުން ކުރިމަތިލާން ޖެހުނަސް އެ އިންތިޚާބަށް ކުރިން ރީ ރަޖިސްޓްރީކުރި މީހުން އަލުން ރީ ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ.

ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމީ މި މަހުގެ 14 ގައި އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް އިތުރު ދެ މަހަށް އެ އިންތިޚާބު ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމުންނެވެ. އެގޮތަށް ހުކުމް ކުރީ އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.