Roadha Mihaaru
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިނިސްޓަރު ނަސީމަށް

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ހެލްތު މިނިސްޓަރު ނަސީމަށް އަރުވައިފި

20 އޮކްޓޯބަރ 2022

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް މިރޭ އަރުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް މިރޭ އަރުވައިފި އެވެ.

މިއަހަރުގެ ގައުމީ އިނާމު ދިނުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ނަސީމަށް އެ އިއްޒަތް އަރުވަން ރައީސް ނިންމެވީ ޓޫރިޒަމް ދާއިރާއަށް ނަސީމް ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ އިތުރުން އެހެން ގޮތްގޮތުން އޭނާ 37 އަހަރުގެ މުއްދަތަށް ދައުލަތަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މިރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް، ނަސީމް ކުރެއްވި ޚިދުމަތްތައް ފާހަގަ ކުރައްވައި، އެއީ ގައުމީ ފެންވަރުގައި ފާހަގަ ކުރަންޖެހޭ ޚިދުމަތްތަކެއް ކަމަށް ވިދާޅުވި އެވެ.

ނަސީމަކީ ޓޫރިޒަމް ދާއިރާ ފެށުމުގައި އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެއްގެ އިތުރުން ޚާރިޖީ ދާއިރާގައި ވެސް ގިނަ މަގާމުތަކެއް އަދާ ކުރެއްވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަމާއި މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ.