22 މެއި 2019
ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދޭގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.
ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދޭގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ގައުމީ ދުވަހު އެ އިނާމު ދޭ ގޮތަށް ހަމަޖެއްސީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރަން ދޭ އިނާމަކަށްވާތީ، މި އިނާމު ދިނުމަށް އެންމެ އެކަށީގެންވަނީ ގައުމީ ދުވަސް ކަމަށްވާތީ ކަމަށެވެ.
ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިކުރާ އާ ކުރުމަށެވެ.
މީގެ ކުރިން ގައުމީ އިނާމު ދެމުން އައީ ނޮވެމްބަރު 11ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ރަސްމީ މުނާސަބަތުގަ އެވެ.
ގައުމީ ދުވަހު ގައުމީ އިނާމު ދޭގޮތަށް ހަމަޖެއްސުމުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމާއި ހާއްސަ އިނާމުތައް ދެއްވާނީ، މިހާރެކޭ ވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ރައީސް އޮފީހުން ވަނީ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހުޅުވާލާގޮތަށް ނިންމައިފަ އެވެ.
ގައުމީ ދުވަހަކީ ގާނޫނު އަސާސީގައި ވެސް، އެ ދުވަހުގެ ވާހަކަ ބަޔާންކުރާ ހަމައެކަނި ދުވަހެވެ.
ރަސްމީ ސިފައެއްގައި ގައުމީ ދުވަސް ފާހަގަކުރާތާ މިހާރު 75 އަހަރު ވެއްޖެ އެވެ. ނަމަވެސް ގައުމީ އިނާމު ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި 1979ވަނަ އަހަރެވެ. މިއީ ގައުމީ އިނާމުދެމުން އަންނަތާ 40 ވަނަ އަހަރެވެ.
އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރަނީ
ފިކުރީހަނގުރާމައިން ދިފާއުވާން ގައުމިއްޔަތު ދިރުވަންޖެހޭ
ޝަރަފުވެރިކަމުގެ އިނާމު 10 ބޭފުޅަކަށް އަރުވައިފި
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިނިސްޓަރު ނަސީމަށް
މި އަހަރު ގައުމީ އިނާމު 32 ބޭފުޅަކަށް
އިންޓަނޭޝަނަލް ބެޖަށް ވުރެ ގައުމީ ޝަރަފް މާ ހާއްސަ
"ތިމާވެށި ހިމާޔަތްކުރަން ލިބޭ ފަހު ފުރުސަތަށް ވެދާނެ"
ގައުމީ ދުވަހުގެ ޖަލްސާ މިރޭ، 29 މީހަކަށް އިނާމު
ގައުމީ އިނާމު 58 ބޭފުޅަކަށް
ގައުމީ އިނާމު މި އަހަރު 14 ބޭފުޅަކަށް