23 އޮކްޓޯބަރ 2022
"އުރީދޫ ފުޓުބޯޅަ ފޯރި" ކެމްޕެއިނުގެ ދަށުން ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ލައިވްކޮށް، ބަލަން ދާނެ މީހުން ކަނޑައެޅުމުގެ ލަކީ ޑްރޯ މި މަހުގެ ނިޔަލަށް ހަމަވާނެ ކަން އެ ކުންފުނިން ހަނދާންކޮށްދީފި އެވެ.
"އުރީދޫ ފުޓުބޯޅަ ފޯރި" ކެމްޕެއިނުގެ ދަށުން ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ލައިވްކޮށް، ބަލަން ދާނެ މީހުން ކަނޑައެޅުމުގެ ލަކީ ޑްރޯ މި މަހުގެ ނިޔަލަށް ހަމަވާނެ ކަން އެ ކުންފުނިން ހަނދާންކޮށްދީފި އެވެ.
މިދިޔަ އޮގަސްޓް މަހު ހުޅުވައިލި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު، އުރީދޫގެ މިހާރުގެ ކަސްޓަމަރުންނަށާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް އޮންނާނެ އެވެ. ގަތަރުގައި ކުޅޭ އެ މެޗު ބަލަން ދިއުމުގެ ފުރުސަތު ހަތަރު ނަސީބުވެރިއަކަށް ލިބެ އެވެ.
އުރީދޫން އަންނަނީ އެ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ސެމްސަންގް ގެލެކްސީ ބަޑާއި އެއާޕޮޑާއި އެއާޓެގް ފަދަ އިނާމުތައް، ކޮންމެ ހަފުތާއަކު 10 ނަސީބުވެރިންނަށް ދެމުންނެވެ.
ސުޕަނެޓް ކަސްޓަމަރުންނާއި ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުން، އުރީދޫ ބިލް ޕޭމަންޓްގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމާއި އެމްފައިސާގެ ހިދުމަތް ބޭނުން ކުރުން ފަދަ އުރީދޫގެ ހިދުމަތްތައް ބޭނުން ކުރާ ހުރިހާ ކަސްޓަމަރުން ވެސް ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކްކޮށް ވެވޭނެ ކަމަށް އުރީދޫން ބުނެފައި ވެ އެވެ.
އެ މުއްދަތުގައި އަލަށް ގުޅޭ ކޮންމެ ކަސްޓަމަރެއް ވެސް ލަކީ ޑްރޯގައި ހިމެނި، ހަފުތާއަކު ހިތްގައިމު އިނާމުތަކުގެ އިތުރުން ގްރޭންޑް ޕްރައިޒް ވެސް ލިބޭނެ އެވެ.
ގަތަރުގައި ބާއްވާ މި އަހަރުގެ ވޯލްޑް ކަޕް ފަށާނީ އަންނަ މަހުގެ 20 ގަ އެވެ. މުބާރާތް ނިމޭނީ ޑިސެމްބަރު 18އި ގަ އެވެ.
ރާއްޖޭގެ ތިން ވަޒީރެއްގެ މަޝްވަރާތަކެއް ގަތަރުގައި!
ގަތަރުން އުރީދޫއާއެކު ކުރާ މަސައްކަތްތައް ހަރުދަނާކުރަނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އުރީދޫ ކަސްޓަމަރުންނަށް "ދަ ޕޭރަންޓްލީ"ގެ ޑިސްކައުންޓް
ޕެޓަށް ބޭނުންވާ ސާމާނު މޫލީ މެދުވެރިކޮށް ގަނެވޭނެ