މައްސަލައެއްގައި އަމަލުކުރި ގޮތުން ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
24 އޮކްޓޯބަރ 2022
މައްސަލައެއްގައި އަމަލުކުރި ގޮތުން ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ވެބްސައިޓުގައި މިއަދު ބުނީ، ތިން މައްސަލައެއްގައި ގާޒީ ފަހީމް އަމަލު ކުރެއްވީ ސުލޫކަށް އަސަރުކުރާ ފަދަ ގޮތަކަށް ނޫން ކަމަށެވެ.
އެކަމަކު، ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުންޏަސް އެ މައްސަލަތައް ގާޒީ ނިންމާފައިވަނީ ޣައިރު ހާޒިރުގައި ކަމަށާއި އެކަމަށް ގާޒީ ފަހީމް އިއުތިރާފު ވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ގަރީނާ ހުށަހެޅުމާއި މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ހަސްމުންނަށް ނުވަތަ ހަސްމުން ތަމްސީލުކުރާ މީހުންނަށް އިޖުރާއަތުތަކުގައިވާ ގޮތުގެ މަތިން އެކަށީގެންވާ ފުރުސަތު ދޭން ޖެހެ އެވެ.
އެއާ ހިލާފަށް ގާޒީ ފަހީމް އަމަލު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވުން ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ، ގާޒީ ފަހީމަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް އެ ކޮމިޝަނުން ނިންމި އެވެ.
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަރުހާދު އިންތިހާބުކޮށްފި
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ސިވިލް ކޯޓު ހިންގުން ގާޒީ ފަރުހާދާ ހަވާލުކޮށްފި
ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ގާޒީ އަލީ އަބްދުﷲ އާ މެދު ފިޔަވަޅު އަޅަން ނިންމައިފި
ގާޒީ ޒުބައިރު އިސްތިއުފާ ދެއްވަނީ
ފަނޑިޔާރުކަމަކީ އެކަނިވެރި، ބުރަ މަސައްކަތެއް: ޝުޖޫން
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުން އައްޔަންކޮށްފި