26 އޮކްޓޯބަރ 2022
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް ޗާގޮސްގެ މައްސަލަ ހައްލުކޮށްދެއް ވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް ޗާގޮސްގެ މައްސަލަ ހައްލުކޮށްދެއް ވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ރޭ ވިދާޅުވެއްޖެ އެވެ.
މަޖީދީމަގު ސްކައިފޯ ކުރިމަތީގައި ހެދި އެމްއެންޕީގެ އާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މިއީ ގައުމުގެ ހާލަތާ މެދު ވަރަށް ބޮޑަށް ހިތާމަކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމަށެވެ. އަދި މިހާރު އަބަދުވެސް އިވެނީ ރާއްޖޭގެ ތަންތަން ބޭރުގެ ބަޔަކަށް ވިއްކަން އުޅޭ ވާހަކަ އާއި ނަހަމަ ގޮތުގައި އެކި މީހުންނަށް ތަންތަން ދޭން އުޅޭ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވަން އޮތީ މި ޕާޓީގެ ސްޓޭންޑް ވަރަށް ސާފޭ. ދިވެހިރާއްޖޭގެ އެއްގަމުން، ކަނޑުން އަދި ވައިން އެންމެ ތަންކޮޅެއް ވެސް އަޅުގަނޑުމެން ދޫނުކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
މި ޕާޓީ އަށް ފުރުސަތު ދެއްވާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ގެއްލެމުންދާ އުޅޭ ޗާގޯސް މައްސަލާގައި އަޅުގަނޑުމެން ގާނޫނުގެ ތަރަހައިން މަސައްކަތްކޮށް، ރާއްޖޭގެ އެންމެ ތަންފުކެއް ވެސް ނުދޭގޮތަށް އެ މައްސަލަ ހައްލުކުރާނަން. -- ނާޒިމް، އެމްއެންޕީގެ ރައީސް
ނާޒިމް ވިދާޅުވި ގޮތުގައި ޗަގޮސް މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ބަދަލުވެ އާންމުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މަޖީދީމަގު ސްކައިފޯ ކުރިމަތީގައި ހެދި އެމްއެންޕީގެ އާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ މެމްބަރުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ޕާޓީ އަށް ފުރުސަތު ދެއްވާ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ގެއްލެމުންދާ އުޅޭ ޗާގޯސް މައްސަލާގައި އަޅުގަނޑުމެން ގާނޫނުގެ ތަރަހައިން މަސައްކަތްކޮށް، ރާއްޖޭގެ އެންމެ ތަންފުކެއް ވެސް ނުދޭގޮތަށް އެ މައްސަލަ ހައްލުކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރަން، ރައްޔިތުންގެ ހިދުމަތުގައި އުފެއްދި ޕާޓީއެއް ކަމަށާއި އެ ޕާޓީން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.
ޗާގޮސްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައި، މަޖިލީހަށް ގަރާރެއް ވެސް ނާޒިމް ހުށަހެޅުއްވި އެވެ.
މަޖީދީމަގު ސްކައިފޯ ކުރިމަތީގައި ހެދި އެމްއެންޕީގެ އާ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީއަށް އަލަށް ގުޅުނު ބައެއް ޒުވާނުންނާ އެކު ނާޒިމް ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރޭގެ ޖަލްސާގައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ. އެ ޕްރައިމަރީގައި އޭނާ ވެސް ވާދަކުރައްވާނެ ކަމަށް އަނެއްކާވެސް އޭނާ ވިދާޅުވި އެވެ. އަދި ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތީ ވަރަށް ދަށްކޮށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ވެރިކަމެއްގައި އެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ޗާގޮސް މައްސަލަ: އެމްއެންޕީގެ ހުށަހެޅުމެއް ރައީސަށް
ޗާގޮސްގެ ސިޔާސަތު ބަދަލުކުރި ސަބަބު ބަލަން މަޖިލީހަށް
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
ޗާގޯސް މައްސަލާގައި ސްޓޭންޑް ބަދަލެއްނުކުރަން: ނާޒިމް
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ބޭނުންވަނީ ދުވެލި ހަލުވިކޮށް ނަތީޖާ ނެރެން: ރައީސް
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ކަނޑުގެ މައްސަލައަށް މުނައްވަރާއި ބޭރު ވަކީލުންގެޓީމެއް
ކަނޑު ހޯދުމުގެ ދިރާސާ ދެ އެކްސްޕާޓަކާ ހަވާލުކޮށްފި