ޗާގޮސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިިފި އެވެ.
01 ނޮވެމްބަރ 2022
ޗާގޮސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިިފި އެވެ.
ސަރުކާރުން ނިންމާފައި ވަނީ، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށެވެ. އަދި، އިމުގެ މައްސަލައިގައި ރާއްޖެއާ ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމީ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެކަމަކު، ރާއްޖެ އިން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި ނޫން ކަމަށް އޭޖީ އޮފީހުން ވެސް ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޕީ އިން މިއަދު ރައީސަށް ފޮނުވި ސިޓީގައި ބުނީ ސަރުކާރުން، ޗާގޮސް މައްސަލާގައި އަމަލު ކުރަމުންދާ ގޮތުން ސަރުކާރުގެ ނިންމުންތަކަށް ދިއުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް އެދޭ ކަމަށެވެ.
އަދި ދިވެހި ގައުމީ މަސްލަހަތު ދިފާއު ކުރުމަށް މިއަދު ދިވެހިންނަށް މަޖުބޫރުވެފައިވާ ކަމަށާއި އެއީ އެކި ސަރުކާރުތަކުން މިހާތަނަށް މި މައްސަލާގައި އަމަލު ކުރަމުން ގެންގޮސްފައި ވަނީ ކިހިނެތްކަން ދިވެހިންނަށް ނޭނގި އޮތުމުން ދޭހަވަނީ މި މައްސަލާގައި ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށްގެން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަން ކަމަށް އެ ޕާޓީން ބުންޏެވެ.
"މިހެން މި ދަންނަވަނީ އެއްވެސް ސަރުކާރަކުން ޗާގޮސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ހިންގުމަށް ވަކާލާތު ކުރައްވާފައިވާކަން ރަސްމީ ލިޔުމަކުން އެނގެން ނެތުމުންނާއި މަޖިލީހުގައި ދިން މައުލޫމާތަށް ބުރަވެ ތިބެ އެވެ،" އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.
އެމްއެންޕީ އިން ބުނީ ދިވެހިންނަށް ކުރިން ކަން ހިގާފައިވަނީ ކިހިނެތްކަން އެނގޭނަމަ އެ ސަރަހައްދުގެ މައްޗަށް ރާއްޖެއިން ދައުވާ ކުރުމަށް ސަރުކާރުގައި ރައްޔިތުން އެދޭނެ ކަމަށެވެ.
އެ ޕާޓީން ވަނީ ސަރުކާރުން މި މައްސަލާގައި ކަން ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީ އާންމުކޮށްފައި ނުވާ ކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ކޮންމެ ޕާޓީއަކުން ދައުލަތުގެ ކަންކަން އިންތިޒާމު ކުރުމުގެ ޒިންމާ އަދާކުރި ނަމަވެސް މި ބާވަތުގެ ކަންކަމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތް،"---އެމްއެންޕީ
ސަރުކާރުން މި މައްސަލާގައި ކަންކުރަމުންދާ ގޮތުގެ ސަބަބުން އާ ސިޔާސަތުގެ ނަޒާހަތްތެރިކަމާމެދު އެ ޕާޓީން ވަނީ ސުވާލު އުފައްދާފަ އެވެ.
ރައީސަށް މިއަދު ހުށަހެޅި ސިޓީއަކީ ސިޔާސީ ވާދަވެރިކަން ދުރަށް ޖައްސާ ރާއްޖެ އާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ހިޔާރު ކުރުމުގެ އިތުރުން މިއީ ނަޒާހަތްތެރިކަންވެސް ކަށަވަރު ކުރެވޭނެ ގޮތަކަށްވާނެތީ ކަމަށް އެ ޕާޓީން ބުންޏެވެ.
"ކޮންމެ ޕާޓީއަކުން ދައުލަތުގެ ކަންކަން އިންތިޒާމު ކުރުމުގެ ޒިންމާ އަދާކުރި ނަމަވެސް މި ބާވަތުގެ ކަންކަމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތް،" އެ ޕާޓީން ބުންޏެވެ.
ޗާގޮސް މައްސަލާގައި އެމްއެންޕީ އިން ރައީސަށް ސިޓީއެއް ފޮނުވާފައި ވާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް ޗާގޮސްގެ މައްސަލަ ހައްލުކޮށްދެއް ވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު ވަނީ ވިދާޅުވެފައި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ޗަގޮސް މައްސަލާގައި ދިވެހި ސަރުކާރުން ގެންގުޅޭ ސްޓޭންޑް ބަދަލުވެ އާންމުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ރާއްޖޭން ވޯޓު ދޭނެ ކަމަށް އިޓްލޮސްގައި ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމުން ސަރުކާރުން މޮރިޝަސް އަށް ދޫ ދިނީ ކަމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް މިކަމުގެ ސަބަބުން ގެއްލިދާނެ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ އދ. ގައި ނަގާ ވޯޓަކާ މެދު ނިންމި ގޮތަކުން އިޓްލޮސްގައި ހިނގާ މައްސަލައަށް ކުރާނެ އަސަރެއް ނޯންނާނެ ކަމަށެވެ.
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
ޗާގޮސްގެ ސިޔާސަތު ބަދަލުކުރި ސަބަބު ބަލަން މަޖިލީހަށް
ސިޓީގެ އަސްލު ދެއްކި، ކަނޑު ގެއްލޭ ވާހަކައެއް ނެތް
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
އިލްމުވެރިންގެ ގުޅުމުގެ ތިން ހުށަހެޅުމެއް ރައީސަށް
ޗާގޯސްގެ ހުރިހާ ފައިލެއް ހާމަކުރަން ޝަހީދު އެދިއްޖެ
އިމުގެ މައްސަލަ: ރާއްޖޭގެ ކާމިޔާބަށް ޝަހީދުގެ ތައުރީފު
މެމްބަރުން ގޮވާލީ ރައީސްގެ ސިޓީ މަޖިލީހަށް ފޮނުވަން!
އެމްއެންޕީގެ ވެރިކަމުގައި ޗާގޮސް މައްސަލަ ހައްލުކުރާނަން
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ