Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

27 އޮކްޓޯބަރ 2022

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މެންކް ރާއްޖެ ވަޑައިގަތީ ސަރުކާރުގެ ދައުވަތަކަށް ރާއްޖޭގައި ދީނީ ދަރުސްތަކެއް ދެއްވުމަށެވެ.

މެންކް މިއަދު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރެވެ.

އަންނަ ހޯމަ ދުވަހާ ހަމައަށް މެންކް ރާއްޖޭގައި މަޑު ކުރައްވާނެ އެވެ. އަދި މާދަމާ އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު އިމާމުވެ، ކުރައްވާނީ ވެސް މެންކް އެވެ. އަދި މާދަމާ ރޭ މާލޭގައި ދީނީ ދަރުހެއް ވެސް އޭނާ ދެއްވާނެ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވެސް ދީނީ ދަރުސް އޭނާ ދެއްވާނެ އެވެ.

މީގެކުރިން ތިން ފަހަރެއްގެ މަތިން ވެސް މެންކް ރާއްޖެ ވަޑައިގެން، ދީނީ ދަރުސް ދެއްވި އެވެ.