Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ރައީސްގެ ތައުރީފު މެންކު އަށް

ދީނީ އިލްމު ފެތުރުއްވުމުގައި މެންކް އަދާކުރައްވާ މުހިންމު ދައުރަށް ރައީސްގެ ތައުރީފު

01 ނޮވެމްބަރ 2022

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖޭގެ މުޖުތަމައަށް މުހިންމު މައުލޫތަކަށް ދީނީ ދަރުސްދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ ދަތުރެކެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވުމުގައި މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތައުރީފުކުރެއްވި އެވެ.

އަދި މެންކަކީ ދިވެހިން ވަރަށް ބޮޑު އިހުތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަމާ އަދި އެމަނިކުފާނުގެ މި ދަތުރަކީ ދިވެހިން ވަރަށް އުންމީދު ކުރަމުންއައި ދަތުރެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެ ނަސޭހަތްތައް ފަސޭހައިން ފަހުމު ވާނެހެން ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ރައީސް ވަނީ ތައުރީފު ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މެންކު ވަނީ އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަ ތަފާތުތަކަށް އިހުތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ވަނީ ފާހަގަކުރައްވާފަ އެވެ.