ކުށްވެރިންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅުވައި، އެ މީހުން މޮނިޓަ ކުރުމަށް އަމިއްލަ ކުންފުންޏަކާއެކު ހޯމް މިނިސްޓްރީން ހެދި އެއްބަސްވުމާ އެ މިނިސްޓްރީން ހިލާފުވެފައިވާ ކަމަށް ބުނެ ބަދަލުގެ ގޮތުގައި 57 މިލިއަން ރުފިޔާ ނަގައިދޭން އެ ކުންފުނިން އެދުނަސް ބަދަލު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
31 އޮކްޓޯބަރ 2022
ކުށްވެރިންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅުވައި، އެ މީހުން މޮނިޓަ ކުރުމަށް އަމިއްލަ ކުންފުންޏަކާއެކު ހޯމް މިނިސްޓްރީން ހެދި އެއްބަސްވުމާ އެ މިނިސްޓްރީން ހިލާފުވެފައިވާ ކަމަށް ބުނެ ބަދަލުގެ ގޮތުގައި 57 މިލިއަން ރުފިޔާ ނަގައިދޭން އެ ކުންފުނިން އެދުނަސް ބަދަލު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގު އަޅުވަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އުމަރު ނަސީރުގެ ހޯމް މިނިސްޓަރުކަމުގަ އެވެ. އެ މަސައްކަތް ނޮވެމްބަރު 9، 2015 ގައި ސްޓަލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އިރު، އެއީ އުމަރުގެ ގާތް ބައެއްގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް އޭސީސީގެ ތަހުގީގަކުން ވަނީ އެނގިފަ އެވެ.
ޓެގް ފޯރުކޮށްދީ، މޮނިޓާ ކުރުމަށް ސްޓަލްވާޓާއި ހޯމް މިިނިސްޓްރީއާ ދެމެދު ހެދި އެއްބަސްވުމާ، އެ މިނިސްޓްރީން ހިލާފުވެފައިވާ ކަމަށް ބުނެ ސްޓަލްވާޓް އިން އެ މިނިސްޓްރީގެ މައްޗަށް ދައުވާ ކުރީ ފެބްރުއަރީ 28، 2021 ގަ އެވެ.
ސްޓަލްވާޓް އިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ހޯމް މިނިސްޓްރީން އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކުރުން ވަކި ހިސާބަކުން ހުއްޓާލީ ކަމަށާއި އޭގެ ސަބަބުން އެ ކުންފުނީގެ އިންވެސްޓްމެންޓް ބޭކާރުވެ، މާލީ ގޮތުން ގެއްލުންވެފައިވާ ކަމަށެވެ. ސްޓަލްވާޓް އިން ބުނީ، އެއްބަސްވުން އުވާލާ ނަމަ ބަދަލު ދިނުމަށް ފަހު އުވައިލުމަށް މިނިސްޓްރީގައި އެދެމުން ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ސިޓީ ފޮނުވާފައި ވަނިކޮށް، އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން އެންގި ކަމަށް ސްޓަލްވާޓް އިން ބުންޏެވެ.
އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާތީ، ސްޓަލްވާޓުން ސިވިލް ކޯޓުގައި ދައުވާކުރީ އެއްބަސްވުމަށް އަމަލު ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް 2،124،812ރ. އާއި އެއްބަސްވުމަށް އަމަލު ކުރި ނަމަ އެއްބަސްވުުމުގެ މުއްދަތުގައި އެންމެ މަދުވެގެން ސްޓަލްވާޓަށް ލިބެން އޮތް ކަމަށް ބުނާ 54،750،000ރ. ނަގައިދޭން އެދި އެވެ. އެއީ ޖުމުލަ 56،874،812ރ. އެވެ.
ނަމަވެސް، ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ހޯމް މިނިސްޓްރީން އެއްބަސްވުން ބާތިލު ކުރީ ޖޫން 2، 2020 ގައި ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެއްކެވިގެން، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށެވެ. އެހެންވެ، ދައުވާއަށް އިންކާރު ކުރި އެވެ.
ކޯޓު އޯޑަރަށް މީޙެއްގެ ފައިގައި މޮނިކޮން ޓެގް ހަރުކޮށްފައި: މޮނިކޮން ޓެގު އަޅުވަން އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގައި ހަވާލު ކުރީ ސްޓަލްވާޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ
ދައުލަތުން ފާހަގަ ކުރި ގޮތުގައި، ސްޓަލްވާޓް އިން ދައުވާ ކުރީ، އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލު ނުކޮށްގެން ކަމަށް ވާއިރު، އެ އެއްބަސްވުމުގެ ދަށުން ކުށްވެރިން ފައިގައި ޓެގު އަޅުވަން ހަމަޖެހިފައި ވަނީ އެ މަސައްކަތުގެ ބޭނުން ޖެހުމުންނެވެ. ވަކި ވަރަކަށް ޓެގު އެޅުވުމުގެ ގާބިލުކަން ސްޓަލްވާޓުން ގާއިމު ކުރަން ޖެހޭނެ ކަމަށް އެއްބަސްވިޔަސް އެ އަދަދަށް ކުށްވެރިންގެ ފައިގައި ޓެގު އަޅުވަން ނުޖެހޭނެ ކަމަށް ދައުލަތުން ބުނެފައި ވެ އެވެ.
ސްޓަލްވާޓް އިން ކޯޓުގައި ބުނެފައި ވަނީ އެއްބަސްވުން ބާތިލުކުރި ސަބަބު އެ ކުންފުންޏަށް ސާފު ނުވާ ކަމަށެވެ. އެހެންވެ، މިނިސްޓްރީ އަށް އެކަން ސާފުކޮށްދިނުމަށް އެދި ސިޓީ ފޮނުވި ކަމަށް ވެސް ބުންޏެވެ.
ޖަވާބުގައި މިނިސްޓްރީން ބުނެފައި ވަނީ އެއްބަސްވުން ބާތިލު ކުރި ކަން ޖޫން 2، 2020 ގައި ދެ ފަރާތުގެ ދެމެދުގައި ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ އިން އެނގޭ ކަމަށާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވެސް އެ ޔައުމިއްޔާގައި ސޮއިކޮށްފައިވާތީ އެއްބަސްވުން ބާތިލުކުރިކަން އެ ކުންފުންޏަށް ސާފުވާނެ ކަމަށެވެ. އޭގެ ފަހުން ޖޫން 8، 2020 ގައި އެއްބަސްވުން ބާތިލުކުރިކަން އަންގައި މިނިސްޓްރީން ސިޓީއެއް ފޮނުވިކަން ވެސް ފާހަގަ ކުރި އެވެ.
އެ މައްސަލަ ބައްލަވައި ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ހުކުމް ކުރެއްވީ، ސްޓަލްވާޓް އިން އެދުނު ގޮތަށް އެ ފައިސާ ނަގައިދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެއްބަސްވުން އުވާލަން ހޯމް މިނިސްޓްރީން ހުށަހެޅުމުން އެކަމަށް ސްޓަލްވާޓްގެ އެއްބަސްވިކަން ޖޫން 2، 2020 ގައި ދެ ފަރާތުގެ ދެމެދުގައި ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ އިން އެނގޭކަން ހުކުމުގައި ފާހަގަކުރި އެވެ. ނުދައްކައި ހުރި ފައިސާ ދެއްކުމާއި ހަވާލު ކުރަން ޖެހޭ އެއްޗެހި ހަވާލު ކުރުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި ކަން ވެސް ހުކުމުގައި ގާޒީ ފާހަގަކުރެއްވި އެވެ. އެ ޔައުމިއްޔާގައި ސްޓަލްވާޓްގެ މެނޭޖިން ޑިރެކްޓަރުގެ ސޮއި ވެސް އޮތް ކަމަށް ހުކުމުގައި ވެ އެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ލިބުނުކަން ސާބިތުކޮށްދޭން ސްޓަލްވާޓުން ހުށަހަޅާފައި ހުރީ އެ ކުންފުނީގެ ތަފާސްހިސާބު ޝީޓުތަކެއްކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ. އޭގައި ކުންފުނިން ހުރި ހޭދަތައް ބަޔާންކޮށްފައިވާއިރު، ހުކުމުގައި ބުނީ އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް، އެ ހަރަދުތައް ހިނގި ކަމަށް ނުބެލޭނެ ކަމަށާއި އެ ހަރަދުތައް ހިނގިކަން ސާބިތުކުރާނެ އިތުރު ހެކި ނެތް ކަމަށެވެ. ހުކުމުގައިވާ ގޮތުން އެ ޝީޓުތައް ބެލެވޭނީ ހަމައެކަނި އެ ކުންފުނިން ބުނާ ބުނުމެއްގެ ގޮތުގަ އެވެ.
އެއްބަސްވުން ދެމި އޮތް ނަމަ އޭގެ މުއްދަތުގައި ކުންފުންޏަށް ލިބޭނެ ކަމަށް ބުނާ ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ ހިސާބު ކުރި ގޮތެއް ވެސް ސްޓަލްވާޓް އަށް ބުނެ ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. އެއްބަސްވުމުގައި ހިމެނޭ ކަންކަމަށް ބަލައިގެން އެ އަދަދުތައް ހިސާބު ކުރުމަކީ ކޯޓުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެ އެވެ.
ޓެގް މެދުވެރިކޮށް ކުށްވެރިން ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރީ އުމަރު ނަސީރާ ގާތް ގުޅުމެއް އޮންނަ ބަޔަކަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ވަނީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކޮށްދިނުމަށް އެދި މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެކަމަކު، ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
އުމަރުގެ މައްޗަށް ދައުވާ ކޮށްދޭން އެދުނުކަން ހާމަކޮށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޓަލްވާޓްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު މީހުންނަކީ ވެސް އުމަރާ ގާތް ގުޅުމެއް އޮންނަ މީހުން ކަމަށެވެ. އޭގެ ތެރެއިން ދެ މީހުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށް ވާތީ އެއީ ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބުނާ ފަދަ "ކްލޯޒް އެސޯސިއޭޓުން" ކަމަށް ބުނެފައިވެ އެވެ.
މޮނިކޮން ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އޭރު ހޯމް މިނިސްޓްރީން އިއުލާނުކޮށް، އެކަމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔައީ އާންމު އުސޫލާ ހިލާފަށް ސީދާ އުމަރުގެ ބެލުމާއި އިރުޝާދުގެ ދަށުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސްޓަލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅުއްވައި، އެ ކޮމެޓީ ޗެއާކަން ވެސް ކުރެއްވި ކަމަށް އޭސީސީން ބުނެފައި ވެ އެވެ. މަސައްކަތް ފެށުމަށް ފަސޭހައަކަށް ސަރުކާރުން އެ ކުންފުންޏަށް އެޑްވާންސްކޮށް 500،000ރ. ވެސް ދިން ކަމަށް ވެ އެވެ.
މަރުގެ އަދަބު ދޭން މި ސަރުކާރަށް ފަސޭހަވާނެތަ؟
100ކުށްވެރިންނަށް ޓެގު ހޯދިޔަސް އަޅުވާކަށް ނުކެރުނު!
އެއްފަހަރާ 100 މީހުން މޮނިޓާ ކުރެވޭނެ ގޮތަށް މޮނިކޮން ޓެގް ހޯދަނީ
އަމުރާ އެކު އޮފިސަރުން މިވަގުތަށް ސަލާމަތްވެއްޖެ
ޝަރީއަތް ލައިވް ކޮށްދޭން އޮފިސަރުން އެދިއްޖެ
ޖަމްޝީދާއި ޓޫފޯ ވަކިކޮށް، ހަތަރު އޮފިސަރުންނަށް ނޯޓިސް
ކުށްވެރިން މޮނިޓާކުރާ ޓެގު އަދިވެސް ނުލިބޭ
"ރިލްވާން މައްސަލައިގައި ކުރެވެން ހުރިކަމެއް ކުރިން"
"އާންމުންގެ ހައްގަށް އަރައިގަންނަން ފުރުސަތެއް ނެތް"
ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!