Roadha Mihaaru
ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ

ބަޖެޓް 2023: ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ

31 އޮކްޓޯބަރ 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލް އިންތިހާބުތަކެއް ބޭއްވުމަށް 500،000ރ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1.5 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ސަރުކާރުން ނިންމާފައި ވަނީ އެ އިންތިހާބުގެ ފުރަތަމަ ބުރަށް އެކަނި ވެސް 95 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށާއި ދެވަނަ ބުރެއް ބާއްވައިފި ނަމަ 120 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައި ވަނިކޮށެވެ.

އެ ކޮމިޝަނަށް ދޭ ބަޖެޓު ކުޑަވުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ އީސީން ދައްކަ އެވެ.

ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.

ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލު ކޮށްފައިވާ އިރު އެމްޑީޕީން ވެސް އަންނަނީ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ.