ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދުތައް ފުއްދުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
31 އޮކްޓޯބަރ 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދުތައް ފުއްދުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ ހުރި އެތައް ކަމެއް ހައްލު ކުރުމަށް ވައުދުވެގެން ކަމަށާއި އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާ އެކު ކަމަށެވެ.
އެހެންވެ ރައީސްގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދު ފުއްދުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެ އިންގިލާބީ ބަދަލުތައް އަންނަ ކަމުގެ އިހުސާސް ރައްޔިތުންނާ ގާތް ކޮށްދިނުން ކަމަށް އަމީރު ވިދާޅުވި އެވެ.
"ކުރިއަށް އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދައުރުގެ ފަހު އަހަރު. ދެހާސް ތޭވީސް އާ ހަމައަށް މި ދަނީ ރާއްޖޭގެ އިގްތިސާދަށް ދިމާވި ބޮޑެތި ގޮންޖެހުންތައް ގިރާ ކުރަމުން، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓަކީ ކޮވިޑް-19 އިން އަރައިގަތުމަށް ފަހު ސަރުކާރުން ހުށަހަޅާ ފުރަތަމަ ބަޖެޓު ކަމަށާއި ނަމަވެސް ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ހުރި ގޮންޖެހުންތައް އަދިވެސް ބޮޑު ކަމަށް އަމީރު ވިދާޅުވި އެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިއްޖެ، ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް، ތަރައްގީ ވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި،" އަމީރު ވިދާޅުވި އެވެ.
އެ ކަންކަމުގެ އަސަރު ރާއްޖެ އަށް ކުރި ނަމަވެސް މިފަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރު ހިފޭ މަގުޗާޓެއް ކަމަށް އަމީރު ވިދާޅުވި އެވެ.
އެންމެ އިސްކަމެއް ދޭނީ ގޮންޖެހުންތައް ގިރާކޮށް އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ހިފެހެއްޓުމަށް ކަމަށް އަމީރު ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިފަހަރު ހުށަހަޅާފައި ވަނީ 42.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާއިރު 40.5 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ ކުރިންވެސް ފޮނުވާ ގޮތަށް
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
މަޝްރޫއުތައް ހިންގަން 8.4 ބިލިއަން ރުފިޔާގެ ބަޖެޓެއް
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
އަތޮޅު ފިހާރައިން ކައުންސިލްތަކަށް 125މިލިއަން ނުލިބޭ
ދެ ދުވަހުން ސަޕްލިމަންޓްރީ ބަޖެޓު ނިންމަނީ
ޑިމޮކްރެޓުންގެ ހަޅޭކުގެ ތެރޭ ދެ ބަޖެޓު ހުށަހަޅައިފި
އަމީރު ބަލިވެ، މަޖިލީހަށް ނުދެވޭނެ ކަން އަންގައިފި