Roadha Mihaaru
ކުއްޔަށް އުޅޭ މީހުން ބިލަށް ޒިންމާކުރުވޭ ގޮތް ހަދައިފި

ކުއްޔަށް އުޅޭ މީހުން ކަރަންޓާއި ފެނަށް ޒިންމާ ކުރުވޭ އިސްލާހު ތަސްދީގުކޮށްފި

31 އޮކްޓޯބަރ 2022

ކަރަންޓާއި ފެން ބިލްތަކަށް އިމާރާތުގެ ވެރިފަރާތުން ޒިންމާވުމުގެ ބަދަލުގައި ކުއްޔަށް އުޅޭ މީހުން ޒިންމާ ކުރުވޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކަރަންޓާއި ފެން ބިލްތަކަށް އިމާރާތުގެ ވެރިފަރާތުން ޒިންމާވުމުގެ ބަދަލުގައި ކުއްޔަށް އުޅޭ މީހުން ޒިންމާ ކުރުވޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކަރަންޓާއި ފެނުގެ ހިދުމަތްތައް ދިނުމުގައި މިހާރު އޮންނަ އުސޫލުގެ ދަށުން، ބިލްތައް އަންނާނީ އަދި ޒިންމާވާން ޖެހެނީ ވެސް އިމާރާތުގެ ވެރިފަރާތުންނެވެ. އާންމުކޮށް، ކުއްޔަށް ދޫކުރާ އިމާރާތްތަކުގައި ފެނާއި ކަރަންޓް ބޭނުން ކުރުމަށް ފަހު، ބިލް ނުދެއްކުމުން ވެރިފަރާތުން ޒިންމާވާން ޖެހޭ މައްސަލަ ބޮޑެވެ.

ނަމަވެސް ޔުޓިލިޓީ ރެގިއުލޭޓަރީ ގާނޫނަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، ވެރިފަރާތުގެ ނަމުގައި މީޓަރު ރަޖިސްޓަރީ ކޮށްފައި ހުއްޓަސް، އެހެން ފަރާތަކުން އެ ހިދުމަތް ބޭނުންކުރާ ނަމަ، އެ ފަރާތަކުން ބިލްތަކަށް ޒިންމާވާން ޖެހޭނެ އެވެ.

އެކަމަކު އެގޮތަށް ޒިންމާ ކުރުވޭނީ ހިދުމަތް ބޭނުންކުރާ ފަރާތުގެ ނަމުގައި މީޓަރު ރަޖިސްޓަރީ ކުރުމުންނެވެ. އެކަމާ ބެހޭ ގަވާއިދެއް ޔުޓިލިޓީ އޮތޯރިޓީން ތިން މަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ބިލްތައް ދެއްކުމުގައި ލުއި ގޮތްތައް ހަމަޖެއްސުމާއި ޖޫރިމަނާ ނެގުމާއި ހިދުމަތް މެދުކަނޑައިލުމުގެ ގަވާއިދެއް ވެސް އެ އިސްލާހުގެ ދަށުން އެކުލަވައިލަންޖެހެ އެވެ.