Roadha Mihaaru
އާ ގާނޫނާ އެކު، ޔުޓިލިޓީ އޮތޯރިޓީ އުފައްދަވައިފި

އާ ގާނޫނާ އެކު، ޔުޓިލިޓީ އޮތޯރިޓީ އުފައްދަވައިފި

14 ޑިސެމްބަރ 2020

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، އެނަޖީ އޮތޯރިޓީ އުވާލައްވައި އަދި ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީ އުފައްދަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، އެނަޖީ އޮތޯރިޓީ އުވާލައްވައި އަދި ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީ އުފައްދަވައިފި އެވެ.

މަޖިލީހުން މިދިޔަ މަހު ފާސްކުރި ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރެއްވުމާ އެކު، އެ ބިލް ވަނީ ގާނޫނަކަށް ވެފަ އެވެ.

ރައީސް އޮފީހުން ބުނީ، ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީ އުފެއްދެވުމާ އެކު، އެ އޮތޯރިޓީއަކީ އެންވަޔަރްމަންޓް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ރައީސް އިއްޔެ ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ކުރިން ހިންގަމުން އައި އެނަޖީ އޮތޯރިޓީ އިއްޔެއިން ފެށިގެން އުވާލާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީއަކީ ފެނާއި ނަރުދަމާއި އާއި ކަރަންޓުގެ ޚިދުމަތް ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމާއި ޚިދުމަތުގެ އަގު ކަނޑައެޅުމުގެ އިތުރުން އެފަދަ ޚިދުމަތްތަކަށް ލައިސަންސް ދޫކުރުމާއިި އެފަދަ ޚިދުމަތްތައް ރެގިއުލޭޓްކުރާ އިދާރާ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ އޮތޯރިޓީގެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސެވެ.