Roadha Mihaaru
ރައީސް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހޯދަން އެދެފި

ޗާގޮސް މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހަށް ހޯދަން އެދެފި

31 އޮކްޓޯބަރ 2022

ޗާގޮސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވޮ ސިޓީ ރައްޔިތުންގެ މަޖިލީހަށް ހޯދަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެދިވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޗާގޮސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވޮ ސިޓީ ރައްޔިތުންގެ މަޖިލީހަށް ހޯދަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެދިވަޑައިގެންފި އެވެ.

ތޯރިގު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، މޮރިޝަސް އަށް ޗާގޮސް ސަރަހައްދުގެ ސިޔާދަތީ ބާރު ލިބިގެންވާ ކަން ރާއްޖެއިން ގަބޫލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ވިދާޅުވެފައިވާ ކަމަށެވެ.

ރާއްޖެއިން ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ ސްޓޭންޑް ބަދަލު ކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެގެން ދާނެ ކަމަށާއި އެއީ ގާނޫނުއަސާސީގެ ތިން ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ފަދަ ހާލަތެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.

އެހެންވެ، ރައީސް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އަށް ގެންނަވައި އެ މައްސަލަ ބައްލަވައި ދެއްވުން އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ތޯރިގު ފޮނުވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.

އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ.

ރާއްޖެ އިން ބުނެފައިވަނީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސް އަށް ކަމަށް އެ މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.