Roadha Mihaaru
55 އަހަރުނުވާ ފަނޑިޔާރުންނަށް ވެސް ދެން ރިޓަޔާވެވޭނެ

އުމުރުން 55 އަހަރު ނުވިޔަސް، ފަނޑިޔާރުންނަށް ރިޓަޔާވެވޭ ގޮތަށް ހަމަޖައްސައިފި

02 ނޮވެމްބަރ 2022

އުމުރުން 55 އަހަރު ނުވިޔަސް، ޝަރަފްވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާވެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުމުރުން 55 އަހަރު ނުވިޔަސް، ޝަރަފްވެރިކަމާ އެކު ފަނޑިޔާރުކަމުން ރިޓަޔާވެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.

ފަނޑިޔާރުންގެ ރިޓަޔާމެންޓް ގަވާއިދު ކުރިން އޮންނަ ގޮތުން އަމިއްލައަށް އެދިގެން ރިޓަޔާވެވޭނީ އުމުރުން 55 އަހަރުވުމާ އެކު، މަގްބޫލު ސަބަބުތަކެއް އޮވެގެންނެވެ. އެގޮތަށް ރިޓަޔާ ކުރުމުން އިނާޔަތް ވެސް ލިބޭނެ އެވެ.

އެ ގަވާއިދަށް ޖޭއެސްސީން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން އުމުރުން 55 އަހަރު ނުވިޔަސް، ފަނޑިޔާރު ކަމުގައި 10 އަހަރު ދުވަހު ޚިދުމަތް ކޮށްފައިވާ ބޭފުޅުންނަށް ޝަރަފްވެރިކަމާ އެކު ރިޓަޔާވެވިދާނެ އެވެ. އެހެން ނަމަވެސް އެފަދަ ބޭފުޅުންނަށް ރިޓަޔާމެންޓް އިނާޔަތެއް ނުލިބޭނެ އެވެ.

އެ އިސްލާހުގައިވާ ގޮތުން އެގޮތަށް ރިޓަޔާވެވޭނީ ވޭތުވެދިޔަ ތިން އަހަރު ތިން މަހަށް ވުރެ ދިގު މުއްދަތެއްގެ ސަސްޕެންޝަނެއް ނުވަތަ މަގާމު ދަށްކުރުން ފަދަ ފިޔަވަޅެއް އަޅާފައިނުވާ ނަމަ އެވެ. އަދި ވޭތުވެދިޔަ އެއް އަހަރު އެއްވެސް ފިޔަވަޅެއް އަޅާފައި ވިޔަސް، ޝަރަފްވެރިކަމާ އެކު ރިޓަޔާވުމުގެ ފުރުސަތު ނުލިބޭނެ އެވެ.

މީގެ އިތުރުން ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައި ވަނިކޮށް ނުވަތަ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި އިސްތިއުފާ ދޭ ފަނޑިޔާރުންނަށް ވެސް މި ފުރުސަތެއް ނުލިބޭނެ އެވެ.