07 ނޮވެމްބަރ 2023
ލަންޑަން (ނޮވެމްބަރު 11) - މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދާ އެކު ކުޅެމުން އަންނަ ޗެލްސީން ނިކޮލަސް ޖެކްސަންގެ ހެޓްރިކަކާ އެކު 4-1 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، އެޓީމު މި ސީޒަންގައި ބަލި ނުވެ އޮތް ރެކޯޑް ނިމުމަކަށް ގެނެސްފި އެވެ.
ލަންޑަން (ނޮވެމްބަރު 11) - މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދާ އެކު ކުޅެމުން އަންނަ ޗެލްސީން ނިކޮލަސް ޖެކްސަންގެ ހެޓްރިކަކާ އެކު 4-1 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް، އެޓީމު މި ސީޒަންގައި ބަލި ނުވެ އޮތް ރެކޯޑް ނިމުމަކަށް ގެނެސްފި އެވެ.
އިނގިރޭސި ލީގުގައި މި ސީޒަންގެ ފުރަތަމަ 10 މެޗުން ޓޮޓެންހަމް މެޗަކުން ބަލިވެފައި ނެތްއިރު، އަށް މެޗު ކާމިޔާބު ކޮށްފައި ވެއެވެ. އަދި ރޭ ޗެލްސީ ބަލިކޮށްގެން ލީގު ތާވަލްގެ އެއްވަނައިގައި މަގާމް ދެމެހެއްޓުމުގެ ފުރުސަތު އޮތް ނަމަވެސް، އަމިއްލަ ދަނޑުގައި ވީ ބޮޑު ބައްޔާ އެކު އެއްވަނަ މަގާމު ގެއްލި، ޓޮޓެންހަމް ވަނީ ދެވަނައަށް ވެއްޓިފަ އެވެ.
ޗެލްސީގެ ކޯޗު ޕޮޗެޓީނޯ (ކ)، އޭނާ އަކީ 2014 އިން 2019 އަށް ޓޮޓެންހަމަށް އިރުޝާދު ދިން ކޯޗު.-- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާއެކު އެއްވަނައިގައި އޮތީ 27 ޕޮއިންޓް ހޯދާފައިވާ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ޓޮޓެންހަމް ދެވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމްގެ ކުރީގެ ކޯޗު ޕޮޗެޓީނޯ އާއެކު ލީގުގައި ހޯދި ހަތަރުވަނަ މޮޅާ އެކު ޗެލްސީ ވަނީ 15 ޕޮއިންޓް ހަމަކޮށް 10 ވަނައަށް ޖެހިލައިފަ އެވެ.
ފޯރި ގަދަ މި މެޗުގައި ޖުމްލަ ފަސް ގޯލު ފެނިގެން ދިޔައިރު، ވީއޭއާރު ރިވިއު އިން ފަސް ގޯލު ކެންސަލް ވެސް ކޮށްލި އެވެ. މީގެ އިތުރުން ރެފްރީ މައިކަލް އޮލިވާ ވަނީ ދެ ރަތް ކާޑާއި އަށް ރީނދޫ ކާޑު ވެސް ދައްކައިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ހަވަނަ މިނިޓުގައި ޑިޔާން ކުލުސެވްސްކީ ކާމިޔާބު ކޮށްދިން ގޯލާ އެކު ޓޮޓެންހަމުން ލީޑު ނެގި އެވެ. އަދި އަށް ވަރަކަށް މިނިޓު ފަހުން ހަލުވި ކައުންޓާ އެޓޭކެއްގައި ކެޕްޓަން ސޮން ހެއުން މިން ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް ދިގު ވީއޭއާރު ރިވިއު އަކަށް ފަހު ސޮން އޮފްސައިޑް ކަމަށް ނިންމި އެވެ.
ރެފްރީ މައިކަލް އޮލިވާ، ވީއޭއާރު ރިވިއު އާއެކު މޮނީޓަރުން ރީޕްލޭ ބަލަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ 21 ވަނަ މިނިޓުގައި ރަހީމް ސްޓާލިން ޗެލްސީއަށް އެއްވަރު ކޮށްދޭން ގޯލެއް ޖެހި ނަމަވެސް ރެފްރީ ގޯލެއް ކަމަށް ބަލައި ނުގަތީ ސްޓާލިންގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީއޭއާރުން ދެއްކުމުންނެވެ. އޭގެ ހަތް ވަރަކަށް މިނިޓު ފަހުން މޮއީސެސް ކައިސެޑޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ނަމަވެސް ވީއޭއާރު ރިވިއު އިން އެއީ ވެސް ގޯލެއް ކަމަށް ނުބެލި އެވެ. ސަބަބަކަށް ވީ ނިކޮލަސް ޖެކްސަން، ކީޕަރު ކުރިމައްޗަށް ވާގޮތަށް އޮފްސައިޑުގައި ހުރުމެވެ.
ނަމަވެސް ކައިސެޑޯ އެ ބޯޅަ ފޮނުވާލުމުގެ ކުރިން ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ، އެންޒޯ ފެނާންޑޭޒް އަށް އޭރިއާ ތެރެއިން ފައުލް ކޮށްފައި ވުމުން ރެފްރީ ވަނީ ރޮމޭރޯ އަށް ރަތް ކާޑު ދައްކައި ޗެލްސީ އަށް ޕެނަލްޓީއެއް ދީފަ އެވެ.
ރެފްރީ އޮލިވާ، ރޮމޭރޯ އަށް ރަތް ކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
ޕެނަލްޓީ ގޯލަށް ފޮނުވާލައިގެން 35 ވަނަ މިނިޓުގައި ޗެލްސީ އަށް ނަތީޖާ އެއްވަރު ކޮށްދިނީ ކޯލް ޕާމާ އެވެ. އޭގެ ފަހުން ސްޓާލިންގެ އެހީތެރިކަމާ އެކު ޖެކްސަން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ސްޓާލިން އޮފްސައިޑުގައި ހުރުމުން ގޯލު ބަލައެއް ނުގަތެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި 12 މިނިޓު ދެއްކި އިރު، ޓޮޓެންހަމްގެ ކޯޗު އެންޖް ޕޮސްޓެކޮގްލޫ ވަނީ ރިސްކެއް ނުނަގައި، އަނިޔާގެ ސަބަބުން މިޑްފީލްޑަރު ޖޭމްސް މެޑިސަން އާއި ޑިފެންޑަރު މިކީ ވެން ޑި ވޭން ބަދަލު ކޮށްފަ އެވެ. އޭޣެ ކުރިން ޕޮސްޓެކޮގްލޫ ހިތްހަމަ ނުޖެހުން ފާޅުކުރުމުން އޭނާއަށް ރީނދޫ ކާޑެއް ދެއްކި އެވެ.
ކޯލް ޕާމާ (ކ) ޗެލްސީ އަށް އެއްވަރު ކޮށްދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ޗެލްސީ
އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް، ޓޮޓެންހަމްގެ ޑިފެންޑަރު ޑެސްޓިނީ އުޑޯގީ މޫނުގައި އުޅަނބޮށިން ޖެހި ކަމަށް ބަލައި ރަތް ކާޑު ދެއްކޭނެ ހާލަތެއް ކަމަށް ވީއޭއާރު ރިވިއު އެއް ކުރިއަށް ގެންދިޔަ ނަމަވެސް ޖޭމްސް ވަނީ ކާޑެއް ނުލިބި ސަލާމަތް ވެފަ އެވެ.
ދެވަނަ ހާފު ފެށުނުތާ 10 މިނިޓު ވެސް ނުވަނީސް އުޑޯގީ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން އެޓީމު މެޗު ފުރިހަމަ ކުރީ ނުވަ ކުޅުންތެރިންނާ އެކު އެވެ. ފުރަތަމަ ހާފުގައި އުޑޯގީ އަށް ރަތް ކާޑު ދެއްކޭނެ ހާލަތެއް ކަމަށް ބަލައި ވީއޭއާރު ރިވިއު އެއް ކުރިއަށް ގެންދިޔަ ނަމަވެސް އެފަހަރު ރަތް ކާޑެއް ނުލިބި އޭނާ ސަލާމަތް ވިއެވެ.
ޗެލްސީން ފުރަތަމަ ފަހަރަށް ލީޑު ނެގީ 75 ވަނަ މިނިޓުގައި ސްޓާލިން ހުސްކޮށްލާފައި ދިން ބޯޅައަކުން ޖެކްސަން ކާމިޔާބު ކުރި ގޯލުންނެވެ. މާ ގިނައިރެއް ނުވެ އެރިކް ޑަޔާ، ޓޮޓެންހަމަށް ނަތީޖާ އެއްވަރު ކޮށްދިން ކަމަށް ހީކުރެވުނަސް ވީއޭއާރު ރިވިއު އިން ވަނީ އޭނާ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ޖެކްސަން އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ދެ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ނުވަ މިނިޓު ތެރޭގަ އެވެ.
އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އޭނާގެ ދެވަނަ ގޯލު ޖެހީ މިކައިލޯ މުޑްރިކް ދިން ޕާހަކުންނެވެ. އަދި އޭގގެ ތިން މިނިޓު ފަހުން ހެޓްރިކް ފުރިހަމަ ކުރީ ޓޮޓެންހަމްގެ އިޓަލީ ކީޕަރު ގުލިއެލްމޯ ވިކާރިއޯ ކައިރިން ނައްޓާފައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ހާލަތު މުހިއްމެއް ނޫން، ބޭނުންވަނީ ޗެލްސީ ބަލިކުރަން
ލީގު ކަށަވަރުކުރަން ބޭނުންވަނީ 18 ޕޮއިންޓް: ކޮންޓޭ
"ޕްރިމިއާ ލީގަށް ފައިދާ ބޮޑީ ޗެލްސީ ބަލިވެގެން"
ޗެލްސީ މެޗު: "ޓޮޓެންހަމް އަށް މުހިއްމު ފުުރުސަތެއް"
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
ޗެލްސީގެ ކުޅުމާ ހެދި ޕޮޗެޓީނޯ ވަރަށް ރުޅިގަދަ ވެއްޖެ
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
މަޑުމަޑުން ތިބެގެން ނުވާނެ، ހަރަކާތް އަވަސްކުރަން ޖެހޭ
އެންމެން ހައިރާން ކޮށްލައި ޔުނައިޓެޑް މޮޅު ވެއްޖެ