Roadha Mihaaru
ދުވަސްތަކަކަށް ފަހު ރަންވީރާއި ދީޕީކާގެ ވީޑިއޯއެއް

ދުވަސްތަކަކަށް ފަހު ރަންވީރާއި ދީޕީކާގެ ވީޑިއޯއެއް

04 ނޮވެމްބަރ 2022

ބޮލީވުޑްގެ ތަރި ރަންވީރު ސިންގް ދުވަސްތަކަކަށް ފަހު، އޭނާ އާއި ދީޕިކާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑްގެ ތަރި ރަންވީރު ސިންގް ދުވަސްތަކަކަށް ފަހު، އޭނާ އާއި ދީޕިކާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު، ޕޯސްޓު ކުރި ވީޑިއޯގައި ފެންނަނީ ރަންވީރާއި ދީޕިކާއާ ދެ މީހުން ޔޮޓެއްގައި މަޖާކުރާ މަންޒަރެކެވެ. ބޮޑަށް ބެލެވެނީ އެއީ އެ ދެ މީހުން ޗުއްޓީ ދަތުރެއްގައި ނަގާފައިވާ މަންޒަރެއް ހެންނެވެ.

ވީޑިއޯގެ ކެޕްޝަންގައި ރަންވީރު، ދީޕިކާ އަށް މުހާތަބު ކޮށްފައި އޮތީ "ކިއުޓީ" އެވެ. ދެ މީހުން ތިބީ ވަރަށް ގުޅުވާލައިގެން ހެދުން އަޅައިގެންނެވެ. ދީޕިކާ ހުރީ ހުދު ޓީޝާޓަކާއި ކަޅު ސޯޓަކާއެކު ހުދު ބޫޓަކަށް އަރައިގެންނެވެ. ރަންވީރު ވެސް ހުރީ ހުދާއި ކަޅު ކުލައިގެ ހެދުމާއެކު ރީނދޫ ފައިވާނަކަށް އަރައިގެންނެވެ.

ރަންވީރާއި ދީޕިކާ އެކުގައި ފޮޓޯއަކުން ނުފެންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ދެ ތަރިންގެ ގުޅުން ކަނޑާލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދޭތެރެއަކުން ވަނީ އަރައިފަ އެވެ.

ދީޕިކާ މިހާރު ފިލްމީ ދާއިރާގައި މަސައްކަތް ކުރަނީ ޕްރަބާސް އާއި އަމީތާބާއެކު އެވެ.

ރަންވީރަށް ވަނީ އިންޑިއާ ތަމްސީލު ކުރުމަށް ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފައިނަލަށް ދައުވަތު ދީފަ އެވެ.