ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން ބަލިވެއިނުމުން އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރް ސިންގް އެއް އަހަރު ދުވަހަށް ފިލްމީ މަސައްކަތްތަކާ ދުރަށް ދިއުމަށް ނިންމައިފި އެވެ.
ބޮލީވުޑްގެ ތަރި ދީޕިކާ ޕަޑުކޯން ބަލިވެއިނުމުން އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރް ސިންގް އެއް އަހަރު ދުވަހަށް ފިލްމީ މަސައްކަތްތަކާ ދުރަށް ދިއުމަށް ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ދުވަސްވަރު ދީޕިކާއާ ގާތުގައި ހުރުމަށް ރަންވީރް ބޭނުންވާތީވެ، ފިލްމީ މަސައްކަތްތަކާ ދުވަސްކޮޅަކަށް ދުރަށް ޖެހިލައި ދިގު ޗުއްޓީއެއް ނަގަން އޭނާ ނިންމާފައިވާ ކަމަށެވެ. އަދި ދަރިފުޅު ލިބެންދެން އިތުރު ފިލްމަކަށް އޭނާ ސޮއި ވެސް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ބަލިވެއިނުމުން ދީޕިކާ ވެސް މިހާރު ވަނީ ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލައިފަ އެވެ.
ރަންވީރްގެ ކުރިއަށް ގިނަ ފިލްމުތަކެއް ވެސް އެބަހުއްޓެވެ. މި މަހު މަސައްކަތްތައް ފަށާ ގޮތަށް އޮތް އޭނާގެ ފިލްމު "ބައިޖޫ ބާވްރާ" މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޮން 3" އާއި "ޝަކްތިމޭން" އަދި އަދިތުޔަ ދަރްގެ ފިލްމެއް ވެސް ހިމެނެ އެވެ. މި ފިލްމުތަކުގެ މަސައްކަތް އޭނާ ދެން ފަށާނީ ދީޕިކާ ވިހެއުމުން ކަމަށް ރިޕޯޓްތައް ބުންޏެވެ.
ދީޕިކާ ބަލިވެއިންކަން އެ ދެމަފިރިން އިއުލާންކުރީ މިދިޔަ މަހު އެވެ. އޭނާ ވިހަނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ.
ރަންވީރް އާއި ދީޕިކާ ކައިވެނިކުރީ ނޮވެމްބަރު 14، 2018 ގަ އެވެ. އެ މީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރުވީ ފަހުންނެވެ.
ރަންވީރާއި ދީޕިކާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ދީޕިކާ ބަނޑުބޮޑު ކަމަށް ރިޕޯޓްތައް ބުނެފި
ރަންވީރާއި ދީޕިކާގެ ދަރިފުޅުގެ ނަމަކީ "ދުޢާ"
ރޯހިތުގެ އެންމެ ވަރުގަދަ ފިލްމުގެ މަންޒަރުތައް
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
"ކޮފީ ވިތު ކަރަން" އަށް ފުރަތަމަ ރަންވީރާއި ދީޕިކާ
"ސިންގަމް 3"ގައި ދީޕިކާ ވެސް ފުލުހެއްގެ ރޯލު ކުޅެނީ
ދުވަސްތަކަކަށް ފަހު ރަންވީރާއި ދީޕީކާގެ ވީޑިއޯއެއް
ދީޕިކާ އާއި ރަންވީރު ވަކިވާން އުޅޭކަމުގެ އަޑުތަކެއް
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ