މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އދ. ގެ ކޮންފަރަންސް، ކޮޕް 27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖުތަމައުއާ ހިއްސާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
05 ނޮވެމްބަރ 2022
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އދ. ގެ ކޮންފަރަންސް، ކޮޕް 27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖުތަމައުއާ ހިއްސާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ކޮންފަރެންސްގައި ނައިބް ރައީސް ފައިސަލް ނަސީމް، ރާއްޖޭގެ ފަރާތުން ގައުމީ ބަޔާނެއް އިއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބަޔާން އިއްވުން އޮންނާނީ މާދަމާ އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުޔާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަބަދުވެސް ވަކާލާތުކުރައްވަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެގޮތުގެ މަތިން 2030 ވަނަ އަހަރާ ހަމަ އަށް ދާއިރު ރާއްޖެ އަކީ ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލުކޮށްފައިވާ ގައުމަކަށް ހެދުމަށް އަމާޒުހިފާފައިވާ ކަން އެމަނިކުފާނު އިއުލާންކުރައްވާފައިވާ ކަމަށް ވެސް ބުންޏެވެ.
"މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ވިލުންތެރިކަން އިތުރުކުރުމުގައި ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ހާއްސަ ސަމާލުކަމެއްދީގެން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއިން ވަނީ ގިނަ ގައުމުތައް އެކުވެގެން އުފައްދާފައިވާ މުއައްސަސާތަކުގައި ބައިވެރިވުމުން ފެށިގެން ގައުމީ ފެންވަރުގެ ހަރަކާތްތައް ހިންގައި މި ރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
މިސްރުގެ ޝަރުމުއް ޝައިޚްގައި ބާއްވާ އެ ކޮންފަރެންސަށް ނައިބް ރައީސް އިއްޔެ ވަޑައިގަތީ ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވުމާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ މަނިކުފާނާ އެކު ސަރުކާރުގެ އިސް ވަފުދެއް ވެސް އެ ދަތުރުގައި ބައިވެރިވެ އެވެ.
ކޮޕް 27: ރާއްޖެއިން ނައިބު ރައީސް، ލަންކާގެ ވަފުދުގައި ނަޝީދު https://t.co/NUqRIdCYJK
— Mihaaru (@Mihaarunews) November 4, 2022
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް ނަޝީދު ވަޑައިގަތީ ސްރީ ލަންކާގެ ވަފުދާ އެކުގަ އެވެ. އެ ކޮންފަރަންސްގައި ނަޝީދު ހުންނެވީ ލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއް ގޮތުގަ އެވެ. ނަޝީދަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރުއަޅައި، މަޝްވަރާކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ބާއްވާ ސަމިޓެކެވެ.
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ރާއްޖެއަށް އެއްބާރުލުން ނުލިބި ސަލާމަތެއްނެތް: ފައިސަލް
ސިއްހީ ރައްކާތެރިކަމަށް ތިމާވެށި ހިމަޔާތްކުރަން ޖެހޭ
ރައީސް އޮޕަރޭޝަނެއް ކުރައްވާތީ ބާރުތައް ނައިބުރައީސަށް
މޫސުމީ ގެއްލުމުގެބަދަލަށް އެހީ ނުދޭތީ ރައީސްގެ ނުރުހުން
ކޮޕް26: ދިވެހި ވަފުދުގެ އެޑްވައިޒަރަކަށް ޒައިދު
ސުޕާރީ ޕެކެޓް އަންނަ މަހުން ފެށިގެން މަނާ