އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ މަހުގެ 1 އިން ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިން ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ.
29 މެއި 2021
އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ މަހުގެ 1 އިން ފެށިގެން ނުވަ ބާވަތެއްގެ ޕްލާސްޓިން ރާއްޖެ އެތެރެކުރުން މަނާވާނެ އެވެ.
ކަސްޓަމްސްގެ އިދާރާ އިން މިރޭ ބުނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން މަނާކުރި ބާވަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ސުޕާރީ ޕެކެޓު ވެސް ހިމެނޭ ކަމަށެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 30 ގަ އެވެ.
އޭގެ ތެރެއިން ނުވަ ބާވަތެއް މަނާ ވާނީ އަންނަ މަހުން ފެށިގެންނެވެ. ބާކީ ތިން ބާވަތުގެ ތެރެއިން ދެ ބާވަތެއް މަނާ ވާނީ ޑިސެމްބަރު 1، 2022 ގަ އެވެ. ޑިސެމްބަރު 1، 2023 ގައި ވެސް އިތުރު ބާވަތެއް މަނާކުރަން އޮތީ ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނު ރައީސް ތަސްދީގުކުރެއްވީ، އެ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ގާނޫނުގެ ދަށުން، ރާއްޖެ އެތެރެކުރުން މަނާވާނެ ތަކެތި، ޖެނުއަރީ 1، 2021 ގެ ކުރިން ރައީސް ކަނޑައަޅުއްވައި އިއުލާން ކުރައްވަން ޖެހެ އެވެ.
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި.
2- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ.
3- ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.
4- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި.
5- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު.
6- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި.
7- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު.
8- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި. އޭގައި ފެނާއި ލުއިބުއިން ހިމެނޭ.
9- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖެ އެތެރެކުރުން މަނާވާނެ ބައެއް ތަކެތި.-- ފައިލް ފޮޓޯ / މިހާރު
1- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު (ރާއްޖެ އެތެރެކުރުން މަނާވާނީ 1 ޑިސެމްބަރު 2022ގެ ފަހުން)
2- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅި (ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެމްބަރު 1، 2022ގެ ފަހުން)
3- ރާއްޖެއަށް އިމްޕޯޓުކުރާ 1 ލިޓަރާއި ލިޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން. (ރާއްޖެ އެތެރެެކުރުން މަނާވާނީ ޑިސެމްބަރު 1، 2023ގެ ފަހުން)
Plastic madhukuraa iru Dhivehin dhookollan jeheyne echchehi
The most trusted news source in the Maldives
Mihaaru
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ލިޔެފައިވާ ތަފްސީލީ ރިޕޯޓެއް.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުން ވެސް ހިމެނެ އެވެ.
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި
މަނާ ޕްލާސްޓިކުގެ ލިސްޓު އާ ގާނޫނުގެ ދަށަށް!
އަންނަ އަހަރު ޕްލާސްޓިކްގެ 13 ބާވަތެއް މަނާވާނެ
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ ތާރީހު ފަސްކުރަނީ
އަންނައަހަރު ރާއްޖެއަށް ސުޕާރީ ޕެކެޓް އެތެރެކުރުން މަނާ
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަނީ
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން އަލުން ފަސްކޮށްފި
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ