06 ނޮވެމްބަރ 2022
ހދ. ކުޅުދުއްފުށީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
ހދ. ކުޅުދުއްފުށީގައި ލޮރީ އަކާއި ޓެކްސީއެއް ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
އެ ރަށު ކައުންސިލްގެ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ، އުތުރު ބަނދަރުގެ އެތުމާ ފިހާރަ ކައިރީގައި ހެނދުނު 11:45 ހާއިރު އެކްސިޑެންޓު ހިނގީ އެއާޕޯޓު ސަރަހައްދުން ވެލި އަޅައިގެން، އަނބުރާ ސައިޓަށް ދަނިކޮށް އެމްޓީސީސީގެ ލޮރީއެއް ޖެހިގެން ކަމަށެވެ.
ލޮރީގެ ފަހަތުގައި ކާރު ޖެހުނަސް، އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ލޮރީ އާއި ޓެކްސީ ޖެހި އެކްސިޑެންޓު ހިނގާފައި.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
"ކާރު ކޮންޓްރޯލް ނުވެގެން ކަމަށް ބެލެވެނީ އެކްސިޑެންޓް ހިނގީ،" ދާއުދު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.
ސައިކަލަކުން ޖެހި ކުޅުދުއްފުށީ މީހެއްގެ ހާލު ސީރިއަސް
ގާސިމްގެ މަރަށް 10 އަހަރު ފަހުން ދިޔަ ދޭން ޖެހިއްޖެ
ބްރިޖު މަތިން ކާރެއް ފުރޮޅާލައިފި
ޗައިނާގެ ބްރިޖެއްގައި 200 އުޅަނދު އެކްސިޑެންޓްވެއްޖެ
ގައިމައްޗަށް ގޯލެއް ވެއްޓި ކުއްޖަކު މަރުވެއްޖެ
އިއްސެގެ އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަނީ
ވީޑިއޯ އިން ފެންނަނީ ލައިޓް ރަތްވެފައި ހުއްޓާ ދިޔަތަން
ބްރިޖު އެކްސިޑެންޓެއްގައި ވިޔަފާރިވެރިޔަކު މަރުވެއްޖެ
ހުޅުމާލެ ހޮސްޕިޓަލްގެ ވޭނަކުން ޖެހި، ބަޔަކަށް އަނިޔާ
ހިތަދޫގައި އެކްސިޑެންޓުވި މީހަކު ނިޔާވެއްޖެ