Roadha Mihaaru
ދެ ގައުމަކުން އޮނަރަރީ ކޮންސުލުން އައްޔަންކޮށްފި

ދެ ގައުމަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

05 ޖުލައި 2021

ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހާއި އިންޑޮނީޝިއާ ސަރުކާރުން ރާއްޖެ އަށް ހަމަޖެއްސި އޮނަރަރީ ކޮންސުލް ޖައުފަރު އީސާ އާދަމަށް އެ މަގާމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހާއި އިންޑޮނީޝިއާ ސަރުކާރުން ރާއްޖެ އަށް ހަމަޖެއްސި އޮނަރަރީ ކޮންސުލް ޖައުފަރު އީސާ އާދަމަށް އެ މަގާމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ދެ ބޭފުޅުންނަށް ރާއްޖޭގައި އެ ގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ހުއްދަ ދެއްވައި، އެ ކަމުގެ ލިޔުން ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ.

އިންޑޮނީޝިއާ އިން ކަނޑައެޅި އޮނަރަރީ ކޮންސެލް ޖައުފަރަކީ ޖާހު ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރު އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ. ހަންގޭރީން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލް، ޖަނާހު އަކީ ޓޫރިޒަމް ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ. އޭނާ ވަނީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްކަން ކުރައްވައިފަ އެވެ.

ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހް އަށް ލިޔުން ހަވާލުކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އެގައުމުގެ އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހް އަށް ލިޔުން ހަވާލުކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

އެކި ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލުންނަކީ އެ ގައުމުތަކުގެ ސަރުކާރުން ކަނޑައަޅާ އެ ގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުންނެވެ.