Roadha Mihaaru
މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

10 ނޮވެމްބަރ 2022

--------------

--------------

މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި ހިނގުން ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ރޯވެ އަނދަމުން އެބަ ދެ އެވެ.

މަންޒަރު ދުށް މީހުންް ބުނީ، އެ ގަރާޖުގައި ވަރަށް ރޯވެ އަނދަމުންދާތާ ގަޑިއެއްހާ އިރު ވެއްޖެ ކަމަށެވެ. ފުލުހުން ބުނީ ރޯވި ކަމުގެ ރިޕޯޓް ލިބިފައި ވަނީ 12:30 ހާއިރު ކަމަށެވެ.

ރޯވި އަލިފާންގަނޑު އެ ގަރާޖު ހުރި އިމާރާތަށް ފެތުރި، އެ ހިސާބުގަނޑުގައި ވަނީ ދުންގަނޑު ވެސް ފެތުރިފަ އެވެ. އަދި ހުޅުގަނޑު ބޮޑުވެ، އެހެން އިމާރާތްތަކަށް ފެތުރިދާނެ ކަމުގެ ބިރު ވެސް ހީވެގެން ދިޔަ އެވެ. އެކަމަކު، އެމްއެންޑީއެފްގެ ފަޔާ ޓީމު ގޮސް، އަލިފާންގަނޑު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްފަ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ދެންމެ ބުނީ، އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އަދިވެސް އޮތް ކަމަށެވެ.

(އިތުރު ތަފުސީލު އަންނަނީ)