މާލޭގައި ހިންގި ކެމިކަލް ގުދަނެއްގައި ސެޕްޓެމްބަރު 2019 ގައި ރޯވެ، އެކަކު މަރުވެ ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވުމާއެކު، ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، މިހާތަނަށް އެ ފަދަ ތަނެއް މާލޭގައި ހުރެގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަރަށް ޔަގީންކަމާއެކު، ވިދާޅުވިޔަސް އަދިވެސް 18 ކެމިކަލް ގުދަނެއް މާލޭގައި ހުރިކަން އެޗްޑީސީން ދިން މައުލޫމާތުން ހާމަވެއްޖެ އެވެ.
10 ނޮވެމްބަރ 2022
މާލޭގައި ހިންގި ކެމިކަލް ގުދަނެއްގައި ސެޕްޓެމްބަރު 2019 ގައި ރޯވެ، އެކަކު މަރުވެ ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވުމާއެކު، ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ، މިހާތަނަށް އެ ފަދަ ތަނެއް މާލޭގައި ހުރެގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަރަށް ޔަގީންކަމާއެކު، ވިދާޅުވިޔަސް އަދިވެސް 18 ކެމިކަލް ގުދަނެއް މާލޭގައި ހުރިކަން އެޗްޑީސީން ދިން މައުލޫމާތުން ހާމަވެއްޖެ އެވެ.
އެ ވާހަކަތައް އަނެއްކާ ވެސް މި ފެންމަތިވީ، މ. ސެންޑްރޯސްގައި ހިންގާ ގަރާޖެއްގައި ރޭ ދަންވަރު ރޯވެ، 11 ބިދޭސީއަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.
ސެންޑްރޯސް ސަރަހައްދަށް މިއަދު ވަޑައިގެން ނޫސްވެރިން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ޔަގީންކަމާއެކު ވިދާޅުވީ، މާލޭގައި މިހާރު އެއްވެސް ކެމިކަލް ގުދަނެއް ހުރެގެން ނުވާނެ ކަމަށެވެ.
"...އެހެންވީމާ މިހާރަކު މާލޭގައި ހުރެގެން ނުވާނެ އެއްވެސް ކެމިކަލް ގުދަނެއް. އަޅުގަނޑަށް ހަމަ ޔަގީން މިހާރު ނުހުންނާނެ ކަން،" މީގެ ދެ އަހަރެއްޖާ ދުވަސް ކުރިން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަށް ފަހު ވެސް ފެންނަނީ އެކަށީގެންވާ ފިޔަވަޅު ސަރުކާރުން ނާޅާ ތިބި ތަން ކަން ނޫސްވެރިން ފާހަގަކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ގޭގޭގެ ތިރީގަ އާއި ފިހާރަކުގައި ކުރީގަ [ކެމިކަލް ގުދަން] ހުރި. އެއީ ހެންވޭރުގައި ހިނގި ހާދިސާގެ ކުރިން. ނަަމަވެސް އެެ ހާދިސާއަށް ފަހު އަޅުގަނޑުމެން ވާނީ ވަގުތުން ފިޔަވަޅުތައް އަޅާފައި. މާލެއިން ހުރިހާ ކެމިކަލް ގުދަންތަކެއް ވާނީ ތިލަފުއްޓަށް ބަދަލު ކުރެވިފައި."
އެކަމަކު، ތިލަފުށި ބަލަހައްޓާ އެޗްޑީސީން މީޑިއާގައި ބުނީ 18 ކެމިކަލް ގުދަނެއް ބަދަލުކުރަން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. ތިލަފުއްޓަށް މިހާތަނަށް ބަދަލުކުރެވުނީ އެ ކުންފުނިން ބުނިގޮތުގައި 34 ގުދަނެވެ.
"އެޗްޑީސީން ކުރާ ކަމަކީ އެމްއެންޑީއެފުން ބުނީމާ އެކަން ކުރުމަށް ފެސިލިޓޭޓް ކޮށްދިނުން،" އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި މިހާރު ކެމިކަލް ގުދަން ނުހުންނާނެކަން ވަރަށް ޔަގީންކަމާއެކު ވިދާޅުވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެން ފާހަގަކުރެއްވި ގޮތުގައި ދެން އޮތީ ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ނޫޅޭ ސަރަހައްދުތަަކަށް ބަދަލުކުރުމެވެ.
އަލިފާނުގެ ހާދިސާތަކުން މާލެ ރައްކާތެރި ކުރެވޭނީ ރައީސް ވިދާޅުވިގޮތުގައި ތޮއްޖެހުން ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައިގެންނެވެ. އަދި ބިލްޑިން ކޯޑަށް އަމަލުކުރުން ހަރުދަނާ ކުރުމާއި ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރަންޖެހޭ ކަން ވެސް ފާހަގަކުރެއްވި އެވެ.
UPDATE
— Mihaaru (@Mihaarunews) November 10, 2022
އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީޑިއާއާ ވާހަކަ
ދެއްކެވުން pic.twitter.com/XrIgCT7zWM
މާލޭގައި ހިންގާ ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރަން ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އެ ވާހަކަ ދެއްކިޔަސް އަމަލީ ސިފައެއް ގެނެވުނު ސަރުކާރެއް އަދި ނެތެވެ. ގަރާޖުތަކާއި ވޯކްޝޮޕްތައް ތިލަފުއްޓަށް ބަދަލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑަސްޓްރިއަލް ވިލެޖު ހިއްކި ނަމަވެސް އެ ވެރިކަން ނިމުނީ އަމަލީ ގޮތުން ނަތީޖާއެއް ނުނެރެވި އެވެ.
އޭގެ ފަހުން ނޮވެމްބަރު 2018 ގައި މި ސަރުކާރު ވެރިކަމަށް އައިސް ބުނީ، ގަރާޖުތަކާއި ވޯކްޝޮޕް ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންވެ، އެ ހިސާބުން އެ ކަން އޮތީ ހުއްޓިފަ އެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ސެޕްޓެމްބަރު 2019 ގައި ރޯވި އަލިފާނުގެ ހާދިސާ އަށް ފަހު، އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އޭރު މާލޭގައި 126 ކެމިކަލް ގުދަަން ހުއްޓެވެ. އެ ގުދަންތަކުން މީހުން ދިރިއުޅޭ ސަރަހައްދުގައި 82 ގުދަން ހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޭރު ވަނީ ވިދާޅުވެފައި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، މިދިޔަ ދައުރާއި މި ދައުރުގައި ވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މައްސަލަތައް ހުށަހެޅިޔަސް ކަންކަން ހައްލުކުރަން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ހައްލުކުރަން ލަސް، ގަރާޖުތައް ބަދަލު ކުރާނަން: ރައީސް
ކުދިކުދި ގޮޅިތަކުގައި 28 ގޭސްފުޅި ހުރި!
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން
އަލިފާނުގެ ހާދިސާގައި 30 މިލިއަން ރުފިޔާގެ ގެއްލުން!
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި ރޯވެ އަނދަނީ
ބިދޭސީ ހިޔާތައް މޮނިޓާކުރަން ރައީސް އެދިވަޑައިގެންފި
ރޯވި ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް!
ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަކުރިޔަސް އަޅާނުލި