Roadha Mihaaru
ގުރުއާން މުބާރާތުން އެއްވަނަ އިއްފަވި އަށް

ގައުމީ ގުރުއާން މުބާރާތުން އެއްވަނަ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަނަށް

10 ޖެނުއަރީ 2017

މިދިޔަ އަހަރު ބޭއްވި ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން، އަސާސް ވިނަވި އެންޑް އިޔާރު (އިއްފަވި) އަށް މިރޭ ލިބިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ބޭއްވި ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން، އަސާސް ވިނަވި އެންޑް އިޔާރު (އިއްފަވި) އަށް މިރޭ ލިބިއްޖެ އެވެ.

ބަދަލުތަކާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު ގައި ބޭއްވި 31 ވަނަ ގައުމީ ގުރުއާން މުބާރާތުގެ އެއްވަނަ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަނަށް ލިބުނުއިރު، ދެވަނަ އަށް ހޮވުނީ އަޒޯޝް ޓްރެވަލްސް އެންޑް ޝިޕިން ކުންފުންޏެވެ. ތިން ވަނަ ހާސިލްކުރީ މިމްސް ކޮންސްޓްރަކްޝަން ކުންފުންޏެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި އެ ފަރާތްތަކަށް ހަނދާނީ ފިލަ އާއި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

މިދިޔަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުން ވަނައެއް ހާސިލްކުރި ދަރިވަރަކާ، ފަސްޓް ލޭޓީ ފާތުމަތު އިބްރާހިމް މިރޭ އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުން ވަނައެއް ހާސިލްކުރި ދަރިވަރަކާ، ފަސްޓް ލޭޓީ ފާތުމަތު އިބްރާހިމް މިރޭ އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މުޅި މުބާރާތުން ވަނަ ދިނުމުގެ އިތުރުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި، ކިޔެވުމުގެ ގޮފިން ވެސް ވަނީ ވަނަތައް ހޮވައިފަ އެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ލިބުނީ ހއ. އިހަވަންދޫ ރޯޒީވިލާ މުހައްމަދު އައިމަން އިބްރާހިމަށެވެ. އެ ގޮފިން ދެވަނަ ލިބުނީ ށ. ކޮމަންޑޫ ރަބީއުގޭ އައިޝަތު އަފްނާން ޝަރީފަށެވެ. ތިން ވަނަ އަށް ހޮވުނީ މ. މަންޒިލުއްސައާދާ މަރިޔަމް ރީއަތް ހަމީދަށެވެ.

މިދިޔަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުން ވަނައެއް ހާސިލްކުރި ދަރިވަރަކާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުން ވަނައެއް ހާސިލްކުރި ދަރިވަރަކާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ އިނާމު ހަވާލުކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހިތުން ކިޔެވުމުގެ ބައިން އެއްވަނަ ލިބުނީ މއ. ނާރެސް، އާލާ އަޒުމަތު ޖަމީލަށެވެ. ދ. މީދޫ ފެހިގޭ، ސުލްތާން މުހައްމަދު ލަތީފަށް އެ ބައިން ދެވަނަ ލިބުނުއިރު ތިން ވަނަ އަށް ހޮވުނީ ގދ. މާތޮޑާ، ވަޑިގޭ އާލާ އާދިލަށެވެ.

މީގެ އިތުރުން ކޮންމެ ގޮތްޕަކުން ވެސް ވަކި އަދަދަކަށް ފޮތް ކިޔަވާ ކުދިންގެ ތެރެއިން އަންހެން ކުދިން އަދި ފިރިހެން ކުދިންގެ މެދުގައި ވަކިވަކިން ވެސް ވަނީ ވަނަ ހޮވައިފަ އެވެ. މި މުބާރާތުގައި 12 އަތޮޅަކުން 183 ދަރިވަރުންނާއި 20 ޖަމްއިއްޔާއަކުން ބައިވެރިވި އެވެ.

މިދިޔަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުން ވަނައެއް ހާސިލްކުރި ދަރިވަރަކާ، ހޯމް މިނިސްޓަރު އަޒްލީން މިރޭ އިނާމު ހަވާލުކޮށްދެއްވާއިރު، އަރިހުގައި އިސްލާމިކް މިނިސްޓަރު ޒިޔާދު.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވި ގޮތުގައި ފުރަތަމަ ފަހަރަށް އިންޓަ ސްކޫލް ގުރުއާން މުބާރާތެއް މިއަހަރު ބާއްވާނެ އެވެ. އެ މުބާރާތް ކުރަނީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.