Roadha Mihaaru
އާއްމުބަލިތަކާ ދެކޮޅަށް ޓްރީޓޮޕް ފެމެލީ ކްލިނިކުގެ އެހީ

އާއްމު ބަލިތަކުން ރައްކާތެރިވުމަށް ޓްރީ ޓޮޕުގެ ފެމެލީ ކްލިނިކުން އެހީ ހޯދޭނެ

15 ނޮވެމްބަރ 2022

ދެމެހެއްޓެނިވި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކުރިއާލައި އަމިއްލައަށް އިސްނަގައިގެން ބަލިތަކުން ރައްކާތެރިވުމާއި ބައްޔެއް ޖެހިފައި ހުރި ނަމަ އަވަހަށް ފަރުވާ ހޯދުމެވެ. އަމިއްލައަށް އިސްނަގައިގެން ހެލްތު-ޗެކްއަޕްތައް ހެދުމާއި ފަރުވާ ހޯދަންޖެހޭ ހާލަތެއްގައި ފަރުވާ ހޯދުމަކީ ބޭސްފަރުވާއަށް ކުރަންޖެހޭނެ ހަރަދު ކުޑަކުރުމަށް މަގުފަހިކޮށްދެވޭނެ ކަމެކެވެ.

ދެމެހެއްޓެނިވި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ކުރިއާލައި އަމިއްލައަށް އިސްނަގައިގެން ބަލިތަކުން ރައްކާތެރިވުމާއި ބައްޔެއް ޖެހިފައި ހުރި ނަމަ އަވަހަށް ފަރުވާ ހޯދުމެވެ. އަމިއްލައަށް އިސްނަގައިގެން ހެލްތު-ޗެކްއަޕްތައް ހެދުމާއި ފަރުވާ ހޯދަންޖެހޭ ހާލަތެއްގައި ފަރުވާ ހޯދުމަކީ ބޭސްފަރުވާއަށް ކުރަންޖެހޭނެ ހަރަދު ކުޑަކުރުމަށް މަގުފަހިކޮށްދެވޭނެ ކަމެކެވެ.

ފެމިލީ މެޑިސިން ސްޕެޝަލިސްޓުންނަކީ ދުޅަހެޔޮ ސިއްހަތެއް ހޯދަން ބޭނުންވާ މީހުންނަށް އެންމެ ގާތުން އެހިދޭވޭނެ ޑޮކްޓަރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ މެޑިސިން ކްލިނިކް ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ވެސް މި އެވެ. ބަލިތަކުން ރައްކާތެރިވުމާށާއި ބަލިތަކުގެ އަލާމާތްތައް ދެނެގަތުމާއި ކުރިއާލައި ފަރުވާ ހޯދުމަށް މަގުފަހިކޮށްދިނުމާއި ދުޅަހެޔޮ ދިރިއުޅުމެއް ގާއިމްކުރުމަށް އެހީވުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ފެމިލީ މެޑިސިން ކްލިނިކުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިވެންޓިވް ކެއާ، ޗެކްއަޕް ހެދުން، ހެލްތު ރިސްކް އެސެސްމެންޓްސް، ވެކްސިނޭޝަން، ވޯކް ޕާމިޓް މެޑިކަލްސް، އަދި ދުޅަ ހެޔޮ ދިރިއުޅުމެއް ބިނާކުރަން ކައުންސިލިން ހިދުމަތްތައް ހިމެނެ އެވެ. ފެމިލީ ކްލިނިކްގެ އިސް ދައުރަކީ މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އިމާޖެންސީ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ.

Tree Top Hospital Maldives

Tree Top Hospital Maldives

Excellence in Healthcare

މި ވެބްސައިޓުން ޓްރީ ޓޮޕްގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ލިބޭނެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމީލީ މެޑިސިން ކްލިނިކް ހުޅުވާފައި ހުންނަނީ ހޮސްޕިޓަލްގެ އެއް ވަނަ ބުރީގަ އެވެ. އަދި ފެމިލީ މެޑިސިން ކްލިނިކުގެ ހިދުމަތުގައި އިސްކޮށް އުޅުއްވާނީ ފެމިލީ މެޑިސިން ސްޕެޝަލިސްޓް ޑރ. އިބްރާހިމް އިޔާޒެވެ.

ޑރ. އިބްރާހިމް އިޔާޒް އެމް.ބީ.ބީ.އެސް ހާސިލްކުރައްވާފައި ވަނީ ޗައިނާގެ ބާލިއަން މެޑިކަލް ޔުނިވާރސިޓީއިންނެވެ. އަދި ޖެނެރަލް ޕްރެކްޓިސްއިން ޕޯސްޓް ގްރެޖުއޭޓް ހާސިލްކުރެއްވީ ނޭޕާލުގެ ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސުންނެވެ.

ޑރ. އިޔާޒްވަނީ ފިޒިޝަނެއް ގޮތުގައި އައި.ޖީ.އެމް.އެޗްގެ ޓްރޯމާ އަދި އެމަޖަންސީ ޔުނިޓުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އެ ހޮސްޕިޓަލުގެ ޕީޑިއެޓްރިކް ނުވަތަ ކުޑަކުދިންގެ ހާއްސަ ޑިޕާރްޓްމަންޓުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި ވެސް ތަޖުރިބާ ހޯއްދެވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. ޓްރީ ޓޮޕް ހޮސްފިޓަލުގެ ފެމިލީ މެޑިސިން ކްލިނިކުގެ އަމާޒަކީ ފަހުގެ ވަސީލަތްތަކާއެކު އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

އެ ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު 3351610 އިން ލިބޭނެ އެވެ.

ނޯޓު: މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.