Roadha Mihaaru
ރީތިވުމަށް ހަމުގެ ލޭޒާ ޓްރީޓްމަންޓުތައް ޓްރީޓޮޕުގައި

ރީތިވުމަށް ހަމުގެ ލޭޒާ ޓްރީޓްމަންޓުތައް ޓްރީޓޮޕުގައި

27 ޖުލައި 2024

ރީތިކަން ފުރިހަމަކޮށްލަން ބޭނުންވާ ލޭޒާ ޑާމައެސްތެޓިކް ޓްރީޓްމަންޓުތައް ހޯދާއިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ކަމާ ބެހޭ ހާއްސަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އަދި ޕްލޭން ވެސް ކޮށްގެން ކުރިއަށް ގެންދާ ޓްރީޓްމަންޓަކަށް ހެދުމަށެވެ. ރާއްޖޭގައި ލޭޒާ ޑާމަޓްރީޓްމަންޓުގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލަކީ މި ކަމަށް ހާއްސަ ޑާމަޓޮލަޖިސްޓުންގެ އިރުޝާދާ އެކު ހިދުމަތްތައް ދޭ ތަނެކެވެ.

ރީތިކަން ފުރިހަމަކޮށްލަން ބޭނުންވާ ލޭޒާ ޑާމައެސްތެޓިކް ޓްރީޓްމަންޓުތައް ހޯދާއިރު، އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ކަމާ ބެހޭ ހާއްސަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން އަދި ޕްލޭން ވެސް ކޮށްގެން ކުރިއަށް ގެންދާ ޓްރީޓްމަންޓަކަށް ހެދުމަށެވެ. ރާއްޖޭގައި ލޭޒާ ޑާމަޓްރީޓްމަންޓުގެ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލަކީ މި ކަމަށް ހާއްސަ ޑާމަޓޮލަޖިސްޓުންގެ އިރުޝާދާ އެކު ހިދުމަތްތައް ދޭ ތަނެކެވެ.

މި ތަނުން ލިބެން ހުރި ލޭޒާ ޑާމައެސްތެޓިކު ހިދުމަތްތަކުގެ ތެރޭގައި ލޭޒާ ހެއާ ރިމޫވަލް އާއި ސްޓްރެޗްމާކް ރިމޫވަލް އާއި ސްކާ ޓްރީޓްމަންޓާއި އެކްނީ ސްކާ ޓްރީޓުމަންޓު ފަދަ ހިދުމަތްތައް ހިމެނެ އެވެ. ލޭޒާ ހެއާ ރިމޫވަލް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހެއާ ރިމޫވަލް ހަތަރު ސެޝަނަށް ފައިސާ ދެއްކުމުން ފަސް ވަނަ ސެޝަން ހިލޭ ލިބޭނެ ޕްރޮމޯޝަނެއް ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ ހިންގަމުންނެވެ.

އެ ހޮސްޕިޓަލުގެ ޑާމަޓޮލަޖިސްޓު އަނޫ އަގްރަވާލް ވިދާޅުވި ގޮތުގައި ހަމުގެ އެކި މައްސަލަތަކަށް ހައްލު ހޯދައި, ހަންގަނޑު ރީތިކޮށް ބެހެއްޓުމުން މީހާގެ ކޮންފިޑެންސް އިތުރުކޮށްދޭ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމަޓޮލަޖިސްޓު އަނޫ އަގްރަވާލް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމަޓޮލަޖިސްޓު އަނޫ އަގްރަވާލް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑުމެން ދޭ ހިދުމަތްތަކުގެ ތެރޭގައި ހަންގަނޑު ރީތިކުރުމަށް މި ދޭ ހިދުމަތްތަކަކީ ގިނަ ބަޔަކު ސެލްފް ކޮންޝަސްވާ ކަންކަމަށް ދޭ ޓްރީޓުމަންޓުތަކެއް. މި ފަދަ ޓްރީޓްމަންޓުތައް ނެގުމަކީ މީހާ އަމިއްލަ ނަފުސާ މެދު ދެކޭ ގޮތް ވެސް ބަދަލުވެ, ޔަގީންކަން އިތުރުވެ, ނަފުސާނީ ސިއްހަތަށް ވެސް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އާއްމުކޮށް މޫނުގައި މާ ގަދަ އަށް ބިހި ނެގުމުގެ ސަބަބުން ކުރިމަތިވާ އެކްނީ ސްކާތަކާއި މޫނުގައި ގަދައަށް ބިހި ނެގުން ފަދަ މައްސަލަތަކާއި އަންހެނުންނަށް ހޯމޯނަލް އިމްބެލެންސްގެ ސަބަބުން މޫނުގައި އިސްތަށިފެޅުން ފަދަ މައްސަލަތަކަށް ގިނަ ބަޔަކު ދެމެހެއްޓެނިވި ރަނގަޅު ހައްލެއް ބޭނުންވާ ކަމަށެވެ. މި ފަދަ މައްސަލަތަކަށް ބޭނުންވާ ލޭޒާ ޓްރީޓްމަންޓުތައް އެ ތަނުން ލިބެން ހުރިކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

ހަންގަނޑުގެ އިލާސްޓިސިޓީ ވަރުގަދަ ކުރުމަށް ބޭނުންވާ ސްކިން ރިޖުވެނޭޝަންގެ ޓްރީޓްމަންޓާއި ހައިޕާ ޕިގްމަންޓުގެ މައްސަލަތަކަށް ދޭ ޓްރީޓްމަންޓުތަކަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލް ތައްޔާރެވެ.

Tree Top Hospital

Tree Top Hospital

Excellence in Healthcare

ލޭޒާ ޓްރީޓްމަންޓާއި ގުޅޭ މައުލޫމާތު.

ޑޮކްޓަރު ވިދާޅުވިގޮތުގައި، އެ ތަނުން ދޭ ކޮންމެ ލޭޒާ ޓްރީޓްމަންޓަކަށް ވެސް ހޭދަވާ ސެޝަން ކަނޑައަޅާނީ އެ މީހަކަށް ދިމާވެފައިވާ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު އެވެ. އެ ތަނުން ހެއާ ރިމޫވަލް އާއި ޓެޓޫ ރިމޫވަލް އަދި ސްކިން ރިޖުވެނޭޝަން ފަދަ ލޭޒާ ޓްރީޓުމަންޓުތައް ދެނީ ދުނިޔޭގެ މަޝްހޫރު "އަލްމާ" ބްރޭންޑުގެ "ހާމަނީ އެކްސް އެލް ޕްރޯ" މެޝިނުންކަން ފާހަގަ ކުރެއްވި އެވެ. މިއީ މި ކަމަށް ބޭނުން ކުރެވެން ހުރި އެންމެ ފަހުގެ, އެންމެ އީޖާދީ ވަސީލަތެވެ.

ޑރ. އަނޫ އަގްރަވާލް ވިދާޅުވީ ޑާމަޓޮލަޖީ ޑިޕާޓްމަންޓުގައި ދޭ މި ޓްރީޓްމަންޓުތަކުގެ އިތުރުން ހަމުގެ އެކި ބަލިތަކަށް ބޭނުންވާ ޓްރީޓުމަންޓުތައް ލިބެން ހުންނާނެ ކަމަށެވެ. އެ ޑިޕާޓްމަންޓަކީ ހަމުގެ ގިނަ މައްސަލަތައް ދެނެގަނެ ފަރުވާދޭ ތަނެއްކަން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި އެންމެ އާއްމު ބަލިތަކުގެ ގޮތުގައި ފާހަގަކުރެވެނީ ފަންގަލް އިންފެކްޝަނާއި އަތްވަޅު އެލާޖިކުވެ، ޖެހޭ އެކި ބަލިތަކާއި ހަމުގެ އިންފްލަމޭޝަންގެ ސަބަބުން ކުރިމަތިވާ ސޯރިއޯސިސް އާއި އެކްޒިމާ ފަދަ ބަލިތައް. ރާއްޖެ އަކީ ހޫނު ގައުމަކަށް ވުމުން މި ފަދަ ބަލިތައް ވަރަށް ގިނަ. މި ފަދަ ހުރިހާ ބައްޔަކަށް ވެސް އަޅުގަނޑުމެން ޓްރީޓްކުރަން،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ރާއްޖެ އަކީ ހޫނު ގައުމަކަށް ވުމުން ހަމުގެ އެކި ބަލިތަކުން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ ސަންސްކްރީން ބޭނުން ކުރުން ކަމަށެވެ. އެހެންވެ، އަވީގައި އުޅޭ އިރު ކޮންމެ ދެ ގަޑިއިރުން ސަންސްކްރީން އުނގުޅަން އިރުޝާދު ދެއްވި އެވެ. އަދި ސަންސްކްރީން ބޭނުން ކުރާއިރު އެންމެ މަދުވެގެން، އެސްޕީއެފް 30 ހުންނަ ޔޫއޭވީ އަދި ޔޫވީބީ ޕްރޮޓެކްޝަން ލިބެން ހުރި ސަންސްކްރީން ބޭނުން ކުރަން ވެސް ޑޮކްޓަރު ލަފާ ދެއްވި އެވެ.

ޑޮކްޓަރު ވިދާޅުވީ ޓްރީޓޮޕްގެ ޑާމަޓޮލަޖީ ޑިޕާޓްމަންޓުގައި ހަމާ ގުޅުން ހުރި ސްކަލްޕްގެ އެކި މައްސަލަތަކާއި ނިޔަފަތީގެ ބަލިތަކަށް ވެސް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައ އެ ޑިޕާޓްމަންޓަކީ ހަމުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ތަޖުރިބާ ހުރި ޑޮކްޓަރުންގެ ޓީމެއް ހިމެނޭ ހޮސްޕިޓަލެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ހަމުގެ ބަލިތަކުގެ އިތުރުން ފުޅާ ދާއިރާއެއްގައި ގިނަ ބަލިތަކަކަށް ފަރުވާ ދެމުން އަންނަ މަލްޓި ސެޕަޝަލްޓީ ހޮސްޕިޓަލެކެވެ.

މި ތަނުން ލިބެން ހުރި އެކި ހިދުމަތްތަކުގެ މައުލޫމާތު ހޮސްޕިޓަލުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ނޯޓު: މިއީ ޓްރީޓޮޕް ހޮސްޕިޓަލުގެ އެޑްވަޓޯރިއަލް އާޓިކަލެކެވެ.