15 ނޮވެމްބަރ 2022
މީގެ ހަ އަހަރު ކުރިން މާލޭގައި އޮފީހެއް ފަޅާލި މައްސަލައެއްގައި، ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން މިހާރު ތުހުމަތު ކުރާ އަރުޝަދު ހާލިދުގެ މައްޗަށް ކުރި ދައުވާތައް އަލުން ބަަލަން އަންގައި މިއަދު ހައި ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ ހަ އަހަރު ކުރިން މާލޭގައި އޮފީހެއް ފަޅާލި މައްސަލައެއްގައި، ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން މިހާރު ތުހުމަތު ކުރާ އަރުޝަދު ހާލިދުގެ މައްޗަށް ކުރި ދައުވާތައް އަލުން ބަަލަން އަންގައި މިއަދު ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޑްރަގްގެ ބޮޑު ދެ މައްސަލައެއްގައި ފުލުހުން ތުހުމަތު ކުރާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދުގެ މައްޗަށް ވައްކަން ކުރަން އުޅުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކުރީ އޮގަސްޓް 20، 2016 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި "ވިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް"ގެ އޮފީސް ފަޅާލައި އެތަނުގެ މުދަލަށް ގެއްލުން މައްސަލައެއްގަ އެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން އޭނާ ވަނީ އެތަނުގެ ދޮރާއި ސީސީޓީވީ ކެމެރާ އާއި އެ އޮފީހުގައި ހުރި ދެ ތިޖޫރިއަކަށް ގެއްލުންދީފަ އެވެ. އެގޮތުން، ދަނގަނޑު ޖަހައި މަތާލައިގެން ތިޖޫރި ހުޅުވަން މަސައްކަތް ކުރި ކަމަށް ވެސް ވެ އެވެ.
އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރި އެ މައްސަލައިގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ދައުލަތުން ބުނެފައި ވަނީ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރީ، އެކަށީގެންވާ ވަރަށް ހެކި ލިބިފައި ހުއްޓާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ކުރި ދެ މީހުން ވަނީ އެ މީހުންނާ އެކު އިތުރު މީހަކު ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގަށް ބުނެފަ އެވެ. އަދި އެ ދެ މީހުން ތިޖޫރިއަކަށް ގެއްލުންދީ އެހެން ތިޖޫރިއެއް ފަޅާލައި އެ ތިޖޫރި އެތަނުން ގެންދަން ވެގެން "މިޝަންއެއް" އޮތް ކަމަށް ބުނެ ގުޅި މީހަކީ އަރުޝަދު ކަމަށް ބުނެފައިވެ އެވެ. އަދި އޭނާ ފޮޓޯއިން ދައްކައި ސޮއިކޮށްފައިވާ ލިޔުމެއް ދައުލަތުން ހުށަހެޅި އެވެ.
އަރުޝަދު ޚާލިދު
ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ އިތުރު ހެކިތައް ވެސް ހުއްޓައި ކަމަށް ދައުލަތުން ބުންޏެވެ. އެގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ވީޑިއޯ އެނަލިސިސް ރިޕޯޓުގައި ހިމަނާފައިވާ ވީޑިއޯއިން ފެންނަ މީހަކީ ވެސް އަރުޝަދު ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
އޭގެ އިތުރުން، އެ އޮފީހުގެ މޭޒެއްގެ މަތިން ނެގި ފައިވާނެއްގެ ޕްރިންޓު އަރުޝަދުގެ ވައަތު ފައިވާންކިބައިން ނެގުނު ޕްރިންޓާ ދިމާވާ ކަމަށް ވެސް ބުންޏެވެ.
ފޮރެންސިކް ރިޕޯޓުތައް ތައްޔާރު ކުރި މީހުން ހެކީންގެ ގޮތުގައި ހުށަހަޅަން އެދުނު ނަމަވެސް، އެ ފަރާތްތައް ޝަރީއަތަށް ހާޒިރު ނުކުރަން މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެއީ އިންސާފުވެރި ކަމާއެކު ޝަރީއަތް ކުރުމަށާއި އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅޭ ގޮތަށް ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.
"ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ދަށު ކޯޓުތަކުން ބަލައި ނުގަންނަނަމަ، ދައުވާ ސާބިތު ކުރާނެ ހެއްކެއް ނުހުންނާނެ"
ހައި ކޯޓުގައި ހުކުމުގައި ވަނީ، ފޮރެންސިކް ތަހުލީލު ރިޕޯޓުތަކަށް އަރުޝަދުގެ ފަރާތުން އިންކާރުކުރުމުން އޭނާ އިންކާރު ކުރަނީ ކޮން ކަމެއްގެ މައްޗަށްކަން ބަލައިނުލާ އެ ހެކުތައް ބަލައިނުގަތުމަށް ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ. މި މައްސަލައަކީ އެއް ގާޒީއަށް ވުރެ ގިނަ ގާޒީން އަތަށް ދިޔަ މައްސަލައަކަށް ވާތީ މައްސަލަ ނިންމި ގާޒީއަށް ވުރެ ކުރިން ބެލި ގާޒީ ނެގި ބަޔާންތައް ރަނގަޅަށް ބަލާފައިނުވާ ކަމަށް ބުރަވެވޭ ކަމަށް ވެސް ބުންޏެވެ.
"ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅުމާ އެކު، އެހެކި ޝަރީއަތަށް ބަލައި ނުގަންނަންވީ އެއްވެސް ސަބަބެއް އަމުދުން ބަޔާން ކުރުމާއި ނުލައި އެހެކި ތަކަށް އިންކާރު ކުރަމޭ މުއްތަހަމު ބުނެލާ ބުނުމެއްގެ މައްޗަށް އެހެކިތައް ޝަރީއަތަށް ބަލައި ނުގަނެ ދޫކޮށް ނުލެވޭނެ އެވެ." ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މާއްދީ ހެކި އަދި ފޮރެންސިކް ހެކިތަކާއި ގުޅޭ ގޮތުން، އަރުޝަދުގެ ފަރާތުން ސުވާލެއް އުފައްދާނަމަ، އެކަން ސާފުކުރެވޭނީ އެ ރިޕޯޓްތައް ތައްޔާރުކުރި ފަރާތްތައް ހާޒިރުކޮށްގެން ކަމަށެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި އެއްވެސް ރިޕޯޓެއް ޝަރީއަތަށް ބަލައިގަތުން ގާނޫނީ ގޮތުން މަނާ ކުރެވޭ ފަދަ އެއްވެސް ސަބަބެއް އަރުޝަދުގެ ފަރާތުން ދައްކާފައިނުވާ ކަމަށެވެ.
"ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ދަށު ކޯޓުތަކުން ބަލައި ނުގަންނަ ނަމަ، ދައުވާ ސާބިތު ކުރާނެ ހެއްކެއް ނުހުންނާނެ އެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ހުކުމުގައި ނިންމީ ދައުލަތުން ހުށަހެޅި ހެކިންތަކަށް އަލުން ބަލައި، ދައުލަތުން ހުށަހެޅި މާއްދީ އަދި ފޮރެންސިކް ހެކިތަކާ މެދު ސުވާލު އުފައްދާ ހާލަތުގައި އެ ރިޕޯޓުތައް ތައްޔާރު ކުރި ފަރާތްތައް ހާޒިރުކޮށްގެން ހައި ކޯޓުގެ ހުކުމުގެ އަލީގައި އެ ދެ ދައުވާ އަލުން ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލު ކުރާށެވެ.
މާލޭގެ ހަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ފުލުހުން ހޯދި ނުވަ ކިލޯގެ ޑްރަގް މައްސަލައިގައި އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް ކުރި ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު އެވެ. އެ ހުކުމަށް ފަހު އޭނާ މިނިވަންވެފައި ހުއްޓާ، ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގްގެ މައްސަލައިގެ ތުހުމަތު ވެސް ފުލުހުން އަރުޝަދަށް ކުރެ އެވެ. އެކަމަކު، އެ ޑްރަގް ކުރިން އަރުޝަދު ވަނީ ރާއްޖެއިން ބޭރަށް ފުރައިފަ އެވެ.
އެފަހުން ކުރިން ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އޮތީ ނުހިނގަ އެވެ. ދުބާއީ އާއި ލަންކާގެ އިމިގްރޭޝަން އިދާރާތަކުން އަރުޝަދު އަނބުރާ ރާއްޖެއަށް ފޮނުވާލުމުން ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް، ފަހުން ދޫކޮށްލީ އެވެ. އޭނާ ދޫކޮށްލާފައި ހުރުމުން، ހައި ކޯޓުން ކުރިން އޭނާ ބަންދުކޮށްގެން ހާޒިރު ކުރަން ނެރުނު އަމުރަށް އޭނާ ބަންދު ނުކޮށް ނިންމީ ދޫކޮށްލާށެވެ.
އެކަމަކު 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި އަރުޝަދަށް ތުހުމަތު ކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލައިގައި ދައުވާކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް، އޭނާއާއެކު ކުރިން ނުވަ ކިލޯގެ މައްސަލައާއެކު ދައުވާކުރުމުން ސާބިތުނުވި ދެ މީހަކާއި އިތުރު މީހެއްގެ މައްޗަށް އެ މައްސަލައިގައި ވަނީ ދައުވާކޮށްފަ އެވެ.
އެމްބަސީ ކައިރީގައި މުޒާހަރާ ކުރާތީ ޝަކުވާ ލިބޭ: ޕީޖީ
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އިހުމާލު ފޮރުވަން އުޅޭތީ ހައިކޯޓުގެ ފާޑުކިޔުން ޕީޖީއަށް
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
މަލް ދޫކޮށްލި މައްސަލަ ހައި ކޯޓުން ބާތިލުކޮށްފި
ކޯޗުގެ ހައްޔަރު އަމުރުގެ މައްސަލަ އިސްތިއުނާފް ކޮށްފި
ފުލުހުންގެ އަތުން ދޫވެ ކޯޗަށް "ހިމާޔަތް"؟
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި