17 ނޮވެމްބަރ 2022
އއ. އުކުޅަހު ސްކޫލު ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.
އއ. އުކުޅަހު ސްކޫލު ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ އެ މުވައްޒަފުން ސަސްޕެންޑްކޮށްފައި ވަނީ ސްކޫލުތަކުން އަމަލުކުރަންޖެހޭ ކަރިކިއުލަމާ ދެކޮޅުހެދުމުން ކަމަށެވެ.
ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތަކީ ކަރިކިއުލަމް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށާއި ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތު އަދާކުރުމަށް ދެކޮޅުހަދުމުން އެ މައްސަލަ ބެލުމަށް އިދާރީ ގޮތުން ސަސްޕެންޑްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ޕްރީ ސްކޫލުގެ ޓީޗަރުންތަކެއް ކަމަށާއި ސަސްޕެންޑްކުރީ ސްކޫލާއި ޓީޗަރުންނާ އެކު މަޝްވަރާ ކުރުމަށް ފަހު ވެސް އެ ޓީޗަރުންގެ ފަރާތުން އެއްބާރުން ނުލިބުމުން ކަމަށެވެ.
ކޮންސެޓްގައި މިޔުޒިކާ އެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅުހެދީ ހަތަރު ޓީޗަރެކެވެ.
"އެކަމުގައި ޝާމިލްވި ހަތަރު ޓީޗަރަކަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީން ނިންމާފައި ފުރުސަތު ދިން އެ ބޭފުޅުންނަށް އެ ގޮތް ބަދަލުކުރުމަށް. އެއީ ލިޔުމުން އެކަން ހުށަހަޅާ ފަރާތަކަށް އޭގެެ ލީނިއެންސީއެއް ދެއްވަން،" އޭނާ ވިދާޅުވި އެވެ.
މިކަމުގައި ސްކޫލަށް އިރުޝާދު ދިނީ ޓީޗަރުންގެ އެ ނިންމުން ބަދަލު ނުކޮށްފި ނަމަ ފިޔަވަޅު އަޅަން ކަމަށް އަހުމަދު ވިދާޅުވި އެވެ. މިނިސްޓްރީގެ އިރުޝާރާ އެއްގޮތަށް އެ ޓީޗަރުންނަށް ޕްރިންސިޕަލް އެންގެވުމުން ވެސް ހަތަރު ޓީޗަރުންގެ ތެރެއިން ތިން ޓީޗަރަކު ދެކޮޅުހެދީ ކަމަށާއި އެހެންވެ އެ ޓީޗަރުން ހަތް ދުވަހަށް ސަސްޕެންޑްކޮށް އެކަން މިއަދު އަންގާފައިވާ ކަމަށް އަހްމަދު ވިދާޅުވި އެވެ.
އުކުޅަހު ސުކޫލު ޕްރިންސިޕަލް ޝަހުލާ އިމާދު ވިދާޅުވީ އެއީ މިނިސްޓްރީގެ ނިންމުމެއް ކަމަށާއި އެކަމަށް އިތުރު ކޮމެންޓެއް ނެތް ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ކަންކަމާ ގުޅިގެން ސްކޫލްތަކުގެ ބައެއް ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވެ އެވެ.
ނެށުމާ ދެކޮޅުހެދި ޓީޗަރު ވަޒީފާއިން ވަކިކުރީ ގޯސްކޮށް
ނެށުމާ ދެކޮޅުހެދި ޓީޗަރުންނަށް އިސްލާހީ ފިޔަވަޅު އަޅަނީ
އުކުޅަހުގެ 3 ޓީޗަރެއްގެ ސަސްޕެންޝަން އިތުރު ކޮށްފި
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ތައުލީމީ ކުރިމަގަށް ދިވެހި ޓީޗަރުން ގިނަކުރަން މަޖުބޫރު
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!